Ad

ބްރިޓިޝް ހައިކޮމިޝަނަރ އޮފީސް މިއަދު ރާއްޖޭގައި ހުޅުވައިފި

ދިވެހިރާއްޖޭގައި ފުރަތަަމަ ފަހަރަށް ބްރިޓިޝް ހައިކޮމިޝަނަރެއް ހުޅުވައިފިއެވެ. އިނގިރޭސި ސަފީރުގެ އޮފީސް ރަސްމީ ގޮތުން މިއަދު ހުޅުއްވާ ދެއްވީ މިނިސްޓްރީ އޮފް ފޮރިންގ އެފެއަރޒްގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޚަލީލުއާއި މިވަގުތު ރާޢްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ، އިނގިރޭސިވިލާތުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސައުތު އެންޑް ސެންޓްރަލް އޭޝިޔާ، ދަ ޔޫއެން އެންޑް ދަ ކޮމަންވެލްތު ލޯޑު ޠާރިޤް އަޙްމަދެވެ. މިއީ ޔޫރަޕްގެ ޤައުމެއްގެ ސަފީރު އޮފީހެއް ރާއްޖޭގައި ޤާއިމް ކުރެވުނު ފުރަތަމަ ފަހަރެވެ.

އިނގިރޭސި ވިލާތުގެ ސަފީރުގެ އޮފީހެއް މިއަދު ރާއްޖޭގައި ރަސްމީ ގޮތުް ހުޅުވުމާއި ގުޅިގެން ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝާހިދު މަރުހަބާ ވިސާޅުވިއެވެ.

އިނގިރޭސި ހައިކޮމިޝަނެއް ރާއްޖޭގައި ހުޅުވުން ރަމްޒު ކޮށްދެނީ މިދެޤައުމުގެ ދެެދުގައި މިހާރު އޮތް ބަދަހި ގުޅުން ކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެ މިނިވަން ދައުލަތެއް ގޮތަށް ބަލައިގަތް ފުރަތަމަ ޤައުމަކީ އިނގިރޭސިވިލާތް ކަމަށް މިނިސްޓަރ ޝާހިދުގެ ވީޑިއޯ މެސެޖްގައި ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *