މޯލްޑިވްސް ބޯޑަރ މައިލްސްގެ ޕާޓްނަރަކަށް ޑަބްލިއު މޯލްޑިވްސް ހަމަޖައްސައިފިއެވެ. ޑަބްލިއު މޯލްޑިވްސްއިން ބޯޑަރ މައިލްސްއާއި ގުޅިފައިވަނީ ރާއްޖެއަށް ފުރަތަމަ ފަތުރުވެރިންގެ ގްރޫޕްއައި ދުވަހާއި ގުޅުވައިގެންނެވެ. އެއީ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހެވެ. ރާއްޖެއަށް ފުރަތަމަ ފަތުރުވެރިންގެ ގުރޫޕް އައިސްފައިވަނީ 16 ފެބްރުއަރީ 1972 ގައެވެ.
On this special occasion of country’s tourism, @WMaldives becomes a partner of the Maldives Border Miles, extending the perks to the members while they enjoy W Maldives’ “Whatever/Whenever service”.
Read more: https://t.co/6GbetStIx8 pic.twitter.com/UAdhNVnTDR
— Maldives Border Miles (@BorderMilesMv) February 16, 2022
މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގްރާމަކީ ކޯވިޑް19ގެ ބަލިމަޑުކަމާއެކު ދިވެހިރާއްޖޭގެ ބޯޑަރު ބަންދުކުރުމާއި ގުޅިގެން، ފަތުރުވެރިން ރާއްޖެއައުން ހުއްޓި، ޤައުމުގެ އިޤްތިޞާދަށް އައި ހީނަރުކަމުން އަރައިގަނެ، ރާއްޖޭގެ ފަތުރުވެރިކަން އާ ހަރުފަތަކަށް ގެންގޮސް، އިތުރަށް ކުރިއެރުވުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަންގެ އިސްނަގައިގެން ތައާރަފްކޮށްފައިވާ ޕްރޮގްރާމެކެވެ. މިއީ ދުނިޔޭގައި ވެސް މިފަދަ ޕްރޮގްރާމެއް ފެށި ފުރަތަމަ ފަހަރެވެ. މިޕްރޮގްރާމް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުއެވެ. ޑަބްލިއު މޯލްޑިވްސްއިން ބޯޑަރ މައިލްސްގެ ޕާޓްނަރަކަށް ވުމާއިއެކު ބޯޑަރ މައިލްސްގައި ބައިވެރިވާ ފަތުރުވެރިންނަށް އެ ރިސޯޓުން ތަފާތު ޙިދުމަތްތައް ލިބޭނެއެވެ. ބޯޑަރ މައިލްސްގައި ބައިވެރިވެފައިވާ ޕާޓްނަރުންގެ އަދަދު މިހާރު ވަނީ 24 އަށްވުރެ އިތުރުވެފައެވެ.