Ad

ރަށްރަށުގެ މައްސަލަތައް ޙައްލުކުރުމުގައި ސަރުކާރުން މަސައްކަތް ކުރާނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދައިގެން: ރައީސުލްޖުމްހޫރިއްޔާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އދ. ކުނބުރުދޫ ރަށު ކައުންސިލާއި ބައްދަލުކުރައްވައިފިއެވެ. މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިޔަށްގެންދެވި މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ ކުނބުރުދޫގެ ބިން ފުރުމުގެ ސަބަބުން އެރަށުގެ ކުރިމަގަށް ދިމާވެފައިވާ ދަތިތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްޞާކުރައްވައިފައެވެ.

ކުނބުރުދޫ ކައުންސިލަރުން ވަނީ ރަށުގެ ހާލަތުގެ މައްޗަށް އެ ކައުންސިލުން ތައްޔާރުކޮށްފައިވާ ރިޕޯޓެއް ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައެވެ. ކައުންސިލަރުން ދެއްކެވި ވާހަކަފުޅުގައި، ރަށުގެ ތަރައްޤީއަށް ދިމާވެފައިވާ އެންމެހާ ގޮންޖެހުންތަކަކީ ރަށުގެ ބިމުގެ ޖާގައިގެ ދަތިކަމާ ގުޅިފައިވާ ކަންކަން ކަމުގައި ވިދާޅުވިއެވެ. މިގޮތުން ކައުންސިލުން ފާހަގަކުރި ކަންކަމުގެ ތެރޭގައި ބޯހިޔާވަހިކަމުގެ ދަތިކަމާއި ބިން ފުރުމުގެ ސަބަބުން އިގްތިސޯދީ ހަރަކާތްތަކާއި މުނިސިޕަލް ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރިމަތިވެފައިވާ ދަތިކަން ހިމެނެއެވެ. މީގެ އިތުރުން ރަށު ބަނދަރު ބޮޑުކުރުމާއި ސްކޫލް އެއް ދަންފަޅިއަށް ބަދަލުކުރުމަށްޓަކައި ބޭނުންވާ އެހީތެރިކަން ހޯދުމާއި ހެލްތު ސެންޓަރުގެ ފެންވަރު ރަނގަޅުކުރުމާއި ރަށުގެ ގިރާ ސަރަޙައްދު ހިމާޔަތް ކުރުމާބެހޭގޮތުން މި ބައްދަލުކުރެއްވުމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރަށްރަށުގެ މައްސަލަތައް ޙައްލުކުރުމުގައި ސަރުކާރުން މަސައްކަތް ކުރާނީ އެރަށެއްގެ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދަވައިގެން ކަމުގައި ވިދާޅުވިއެވެ. އަދި ކުނބުރުދޫއަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމުގައި ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުގެ ތެރެއިން އެކަންކަމަށް ހޯދައިދެވެން ހުރި ހައްލުތައް ހޯއްދަވައިދެއްވާނެކަމުގެ ޔަޤީންކަން އެރުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *