Ad

ފޮނަދޫއިން ފައިބަރ ނެޓްވޯކް ހުއްދަ ނުދިން މައްސަލަ އެލްޖީއޭ އިން ބަލަން ފަށައިފި.

ލާމް ފޮނަދޫގައި ' އޯޕަން އެކްސަސް ފައިބަރ ނެޓްވޯކެއް ' ގާއިމް ކުރުމުގެ ހުއްދަ ފޮނަދޫ ކައުންސިލުން ނުދީ ހިފަހައްޓާފައި ވަނީ ގަވައިދާއި އުސޫލުން ބޭރުން ކަމަށް ބުނެ، ހުށަހެޅި މައްސަލަ ލޯކަލް ގަވަރމެންޓް އޮތޯރިޓީން ބަލަން ފަށައިފި އެވެ.   

އެލްޖީއޭަގެ އޮފިސަލަކު ވިދާޅުވީ މިހާރު ފޮނަދޫ ކައުންސިލަށް މިކަމާއި ގުޅޭ އެންމެހާ ލިޔެކިޔުންތަކާއި އަދި އެރަށުގައި މިހާރު ގާއިމްކޮށްފައިވާ ކަމަށް ބުނާ ނެޓްވޯކްތަކާއި އެކު ގާއިމްކޮށްފައިވާ އެގުރިމެންޓްތަކުގެ ތަފްސީލް އެ އޮތޯރިޓީ އާއި ހިއްސާ ކުރުމަށް އަންގާފައިވާނެ ކަމަށެވެ. 

ރާއްޖޭގެ އެކިއެކި ރަށްތަކުގައި ފައިބަރ ނެޓްވޯކް ގާއިމްކޮށް ހިދުމަތް ދެމުންދާ އަމިއްލަ ކުއްފުންޏެއް ކަމަށްވާ ފަންބޮނޑި މޯލްޑިވްސްއަށް ފޮނަދޫ ކައުންސިލާއި ދެކޮޅަށް އެލްޖީއޭއަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ ފޮނަދޫގައި ނެޓްވޯކް ގާއިމް ކުރުމަށް ފޮނަދޫ ކައުންސިލުން ހުއްދަ ނުދީ ހިފަހައްޓާފައި ވަނީ ގަވައިދާއި ހިލާފަށް އެއްވެސް އުސޫލެއް ހަމައެއް ނެތި ކަމަށެވެ. 

މިމައްސަލާގައި ލާމް އަތޮޅު ކައުންސިލްގެ ސެކްޓަރީ ޖެނެރަލް ޔޫސުފް އާމިރު ސޮއި ކުރައްވާ ފޮންބޮނޑިއަށް ފޮނުވާފައިވާ ސިޓީގައި ވެސް މިފަދަ ކަމެއްގައި އަމަލް ކުރާނެ އުސޫލެއް މިހާތަނަށް ފޮނަދޫ ކައުންސިލުން އެކުލަވާލައި އަމަލް ކުރަމުންވެސް ނުދާ ކަންވެސް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި ފަންބޮނޑިއަށް ހުއްދަ ނުދީ ހިފަހައްޓާފައި ވަނީ އެއްވެސް އުސޫލެއް ހަމައެއް ނެތި ކަމަށް ފާހަގަ ކޮށްފައި ވެއެވެ.

ފަސް މިލިޔަން ރުފިޔާއަށް ވުރެ އަގު ބޮޑު ޕްރޮޖެކްޓަށް ހުއްދަ ނުދިނުމަށް ފޮނަދޫ ކައުންސިލުން ފަންބޮނޑިއަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ ފޮނަދޫގައި މިހާރު ވެސް ތިން ފަރާތަކުން ފައިބަރ އޯޕަން އެކްސެސް ނެޓްވޯކް ގާއިމްކޮށް ހިދުމަތް ދެމުން ދާތީ އެކުންފުންޏަށް ހުއްދަ ދެވެން ނެތް ކަމަށެވެ. އެހެންނަމަވެސް އެރަށުގައި މިހާތަނަށް ފައިބަރ އޯޕަން އެކްސެސްނެޓްވޯކެއް ގާއިމް ކޮށްފައެއް ނުވެ އެވެ.

ފައިބަރ އޯޕަން އެކްސަސް ނެޓްވޯކް އަކީ ޒަމާނީ ޓެކްނޮލޮޖީއަށް ވާސިލްވުމަށް ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ގައުމުތަކުގައި ބޭނުން ކުރާ އިންފްރާސްޓަކްޗަރ ނިޒާމް އެކެވެ. މިއީ އެންމެ ކަނެޓްޝަނަކުން އެތަކެއް ޓެކްނޮލޮޖީގެ ހިދުމަތްތަކެއް ލިބިދޭ ގޮތަށް ފަރުމާކޮށްފައިވާ އިންފްރާސްޓަކްޗަރ ނިޒާމެކެވެ.

 

 

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *