Ad

ތައުލީމީ ޖީލެއް ބިނާކުރެއްވުމުގެ ވަޢުދާ އެއްގޮތަށް 44 ސްކޮލަޝިޕް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވެވަޑައިގެންނެވި ތައުލީމީ ޖީލެއް ބިނާކުރުމުގެ ވަޢުދާ އެއްގޮތަށް ދުނިޔޭގެ އެކި ޤައުމުތަކުގައި ޙަރަކާތްތެރިވާ ދިވެހި ކޮންސުލްތަކުގެ ސްކޮލަޝިޕް ސްކީމް އިފްތިތާހު ކުރައްވައިފިއެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ސްކޮލަޝިޕް ޕްރޮގުރާމު އިފްތާހު ކޮށްދެއްވީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞަލިހެވެ. މިއަދު އިފްތިތާހު ކުރި ސްކީމުގައި 7 އޮނަރަރީ ކޮންސަލްތަކުން ވަނީ 44 ސްކޮލަޝިޕް ފުރުސަތު ފަހިކޮށްދެއްވާފައެވެ.

ރާއްޖޭގައި ތަޢުލީމީ ޖީލެއް ބިނާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވަޢުދުވެވަޑައިގެން ކަނޑައެޅުއްވި ސިޔާސަތުގެ ދަށުން، ހުޅުވާލެއްވި މިފުރުސަތުތަކުގެ ތެރޭގައި ތާފާތު އެކި ދާއިރާތަކުން ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު ވަނީ ފަހިކޮށްދެއްވާފައެވެ. މިފަހަރު ސްކޮލަޝީޕް ފުރުސަތު ހަމަޖެހިފައިވާ ޤައުމުތަކަކީ އިންޑިއާ، ތައިލެންޑް، ޕާކިސްތާން، ތުރުކީ، ލުބުނާން، އަދި ޖަރުމަނުވިލާތެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާވަނީ ރާއްޖޭގެ ތައުލީމީ ޖީލެއް ބިނާކުރެއްވުމަށް ކުރެވޭ މަސައްކަތްތަކުގައި ރާއްޖޭގެ ޚާރިޖީ ދާއިރާއިން ދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުގެ އިސްނެންގެވުމުގެ މަތީން މި ދާއިރާގައި ކުރެވިފައިވާ މަސައްކަތަކީ ދިވެހި ޒުވާނުންނަށް މަތީ ތައުލީމް ފުރުސަތު ފަހިކޮށްދެއްވުމަށް ލިބިގެންދިޔަ އިތުރު ފުރުސަތެއްކަމަށެވެ. މިބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ވަނީ ރާއްޖޭގެ ޒުވާނުންނަށް މިފަދަ ފުރުސަތުތަކެއް ފަހިކޮށްދެއްވި ކަމަށްޓަކައި، އޮނަރީ ކައުންސިލްތަކަށް ޝުކުރު އަދާ ކުރައްވަފައެވެ. އަދި މިމަސައްކަތުގައި ކުރިއަށްއޮތް ތަނުގައިވެސް ކޮންސުލްތަކުން އިތުރު ފުރުސަތުތައް ހޯދުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *