Ad

ބޭންކް އޮފް ކެނެޑާއިން އިންޓަރެސްޓް ރޭޓް އިތުރުކޮށްފި

އިގްތިސާދަށް އޮތް ޑިމާންޑް ބޮޑުވުމާއި، އަދި އިންފްލޭޝަން ޓާގެޓަށް ވުރެ މާ މަތީގައި ދެމިއޮތުމާއި، ކައިރި މުސްތަގުބަލެއްގައި އިތުރަށް މައްޗަށް ދާނެ ކަމަށް ބެލެވޭތީ، އިންޓަރެސްޓް ރޭޓް އިތުރަށް މައްޗަށް ގެންދަން ޖެހޭނެ ކަމަށް ބޭންކް އޮފް ކެނެޑާގެ ގަވަރނިން ކައުންސިލުން ނިންމުން. 

ބޭންކް އޮފް ކެނެޑާއިން ބުދަ ދުވަހު އިއުލާންކުރި ގޮތުގައި ބެންޗްމާކް އިންޓަރެސްޓް ރޭޓް 50 ބެސިސް ޕޮއިންޓް 1.5 ޕަސެންޓަށް އިތުރުކުރުމާއިއެކު ކުއަންޓިޓޭޓިވް ޓައިޓްނިން (ކިއުޓީ) ގެ ސިޔާސަތު ވެސް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ.

މަރުކަޒީ ބޭންކުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ކެނެޑާގެ ކޮންސިއުމަރ ޕްރައިސް އިންޑެކްސް އޭޕްރީލް މަހުގެ 6.8 ޕަސެންޓަށް އަރާފައިވާއިރު، މިއީ ލަފާކުރި ވަރަށް ވުރެ މާ މަތީ އަދަދެއް ކަމަށާއި ލުއިވާން ފެށުމުގެ ކުރިން ކައިރި މުއްދަތެއްގެ ތެރޭގައި އިތުރަށް މައްޗަށް ދިއުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

ކެނެޑާގެ އިގްތިސާދީ ހަރަކާތްތައް ވަރުގަދަ ކަމަށާއި އިގްތިސާދު އޮޕަރޭޓް ކުރަމުންދަނީ މާބޮޑަށް ޑިމާންޑްގައިކަން ސާފުކޮށް އެނގޭ ކަމަށެވެ. 2022 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ގައުމީ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޖީޑީޕީގެ ކުރިއެރުމަކީ 3.1 ޕަސެންޓެވެ. ވަޒީފާއަށް ހުސްވެފައިވާ މަގާމުތައް މަތިވެ، ކުންފުނިތަކުން ފުޅާދާއިރާއެއްގައި މުވައްޒަފުންގެ ދަތިކަން ރިޕޯޓް ކުރަމުންނެވެ. ހައުސިންގ މާކެޓްގެ ހަރަކާތްތައް ވެސް ހުރީ ވަރަށް މަތީ ފެންވަރެއްގައެވެ.  ކެނެޑާގައި ކޮންސިއުމަރުން ޚަރަދު ކުރާ މިންވަރުވެސް މިވަގުތު ހުރީ ވަރަށް މަތީގައެވެ. އަދި ދެވަނަ ކުއާޓަރުގައި މިހާރަށްވުރެ ބޮޑޫ ކުރިއެރުމެއް އަންނާނެ ކަމަށް ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ޕޮލިސީ އިންޓަރެސްޓް ރޭޓަކީ ކެނެޑާގެ މަރުކަޒީ ބޭންކުގެ ޕްރައިމަރީ މަނިޓަރީ ޕޮލިސީ އިންސްޓްރޫމަންޓެއްގެ ގޮތުގައި ދެމިއޮތްއިރު، ކޮމްޕްލިމެންޓަރީ ޓޫލެއްގެ ގޮތުގައި ކުއަންޓިޓޭޓިވް ޓައިޓްނިންގ މަސައްކަތް ކުރެއެވެ. ޕޮލިސީ ރޭޓް އިތުރަށް އިތުރުކުރުމުގެ ދުވެލި ބިނާވެގެންދާނީ އިޤްތިޞާދާއި އިންފްލޭޝަން މިހާރު ކުރިއަށްދާ މިންވަރެއް ވަޒަންކުރުމުން ކަމަށާއި، 2 އިންސައްތަ އިންފްލޭޝަންގެ އަމާޒު ބޭންކް އޮފް ކެނެޑާ ޙާޞިލުކުރުމަށް ވެފައިވާ ވަޢުދު ފުއްދުމަށް ބޭނުންވެއްޖެ ނަމަ އިތުރަށް ބާރުގަދަކޮށް އަމަލުކުރަން ގަވަރނިންގ ކައުންސިލުން ތައްޔާރުވެފައިވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ރިބާއިތުތުކޮެއްފިޔޭ ލިޔަން ލިޔަން ލަދުގަންނަނީބާ؟?

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *