ސަރުކާރުން އިތުރު ޓެކްސްއެއް ނަގަން ފެށުމާއި ގުޅިގެން ސްރީލަންގާއި ފޯނު ބިލްތައް ބޮޑު ވެއްޖެއެވެ.
ފޯނު ބިލް ބޮޑުވި ސަބަބުތައް ސްރީލަންކާގެ ޓެލެކޮމިއުނިކޭޝަންސް ރެގިއުލޭޓަރީ ކޮމިޝަނުން މިހާރުވަނީ ހާމަކޮށްފައެވެ. ފޯނު ބިލު ބޮޑުކުރި މައިގަނދު ސަބަބަކީ އިތުރު ޓެކްސެއް ނަގަން ފެށުމެވެ.
ބޮޑުވަޒީރުގެ އޮފީހުން މީގެ ކުރިން ވަނީ މިދެންނެވި ޓެކްސް ބޮޑުކުރާނީ ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ކަމަށް އިއުލާންކޮށްފައެވެ.
މޯބައިލް ޚިދުމަތްދޭ ފަރާތްތަކުން ބުނެފައިވަނީ މަހުން މަހަށް ކަނެކްޝަން ފީ ބޮޑުކުރުމަށް މިހާރުވެސް ފިޔަވަޅު އަޅާފައިވާއިރު، ޕްރީޕެއިޑް ބޭނުންކުރާ ފަރާތްތަކަށް ރީލޯޑްކުރާ އަދަދުތަކަށް ޑޭޓާއާއި ކޯލް ޓައިމް ކުޑަކުރެވޭނެ ކަމަށެވެ.