Ad

ރިޔާސީ ދެވަނަ ދައުރަކަށް ރައީސް ސޯލިހު ވާދަކުރެއްވުމަށް މިނިސްޓަރ މާރިޔާގެ ތާއީދު ކުރައްވައިފި

2023 ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ދެވަނަ ދައުރަކަށް އިންތިޚާބު ކުރެއްވުމަށް ތާއީދު ކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރ އަލްއުސްތާޒާ މާރިޔާ އަހުމަދު ދީދީ ހާމަކުރައްވައިފިއެވެ.

https://twitter.com/MariyaDidi/status/1536586669595295745?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1536586669595295745%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fpsmnews.mv%2F104336

މިއީ ސަރުކާރުގެ ވަޒީރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ދެވަނަ ދައުރަކަށް އިންތިޚާބު ކުރުމަށްޓަކައި، ތާއީދުކޮށް ރަސްމީކޮށް އިއުލާން ކުރެއްވި ފުރަތަމަ ވަޒީރެވެ. 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި މިނިސްޓަރ މާރިޔާގެ ތާއީދު ރައީސް ޞާލިހަށް އޮތްކަން ހާމަކުރައްވައި ކުރެއްވި ޓުވީޓުގައި ވިދާޅުވީ 2018 ވަނަ އަހަރު ރައީސް ޞާލިހު އިންތިޚާބުވުމަށްފަހު އަދާއި ހަމަޔަށް އެމަނިކުފާނު ވަނީ ލީޑަރޝިޕް ކޮލިޓީއާއި ޤައުމު ހިންގުމުގެ ގާބިލްކަން ދައްކަވާފައިކަމަށެވެ.

ރައީސް ޞާލިހު ވަނީ ގުޅިގެން އެއްބައިވަންތަ ކަމާއެކު މަސައްކަތްކޮށް، ޤައުމަށް ގިނަ އިސްލާހީ ބަދަލުތައް ގެނެސްފައި ކަމަށް މާރިޔާ ވިދާޅުވިއެވެ. އަދި ޤައުމަށް އިތުރު ކުރިއެރުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާއަށް އިތުރު ދައުރެއް ދިނުމަކީ މުހިންމު ކަމެއް ކަމަށް މިނިސްޓަރ މާރިޔާ ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *