ޖަޕާނުގެ އެކި ކަންކޮޅުތަކުގައި އާދަޔާ ޚިލާފަށް ހޫނު ގަދަވުމުގެ ސަބަބުން ކަރަންޓު ބޭނުން ކުރާ މިންވަރު އިތުރުވާން ފަށައިފިއެވެ.
ވިއްސާރަ މޫސުން ނިމި، ވެރިރަށް ޓޯކިޔޯގައި ފިނިހޫނުމިން ރެކޯޑު ކުރެވިފައި ވަނީ 35.1 ޑިގްރީ ސެލްސިއެސްގައެވެ. އަދި، ޓޯކިޔޯގެ އުތުރުން އޮންނަ ސާނޯގައި ފިނިހޫނުމިން ވަނީ 39.8 ޑިގްރީ ސެލްސިއެސްއަށް މައްޗަށް ގޮސްފައެވެ.
ހޫނު އާދަޔާ ޚިލާފަށް މައްޗަށް ދިޔުމާ ގުޅިގެން ކަރަންޓު ބޭނުންވާ ކުރާ މިންވަރު އިތުރުވެ، ބައެއް ސަރަޙައްދުތަކުން ކަރަންޓު ކެނޑިދާނެ ކަމުގެ އިންޒާރު އެ ޤައުމުގެ އިޤްތިޞާދާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވަނީ ދީފައެވެ. ކަރަންޓު ޚަރަދު ކުޑަ ކުރުމުގެ ގޮތުން، ބޭނުން ނުކުރާ ވަގުތުތަކުގައި ދިއްލުންތައް ނިވައިލުމާއި، އެއަރކޮންޑިޝަން ބޭނުން ކުރުން މަދު ކުރުމަށް ޖަޕާނުގެ ސަރުކާރުން ވަނީ އިލްތިމާސް ކޮށްފައެވެ.
https://twitter.com/ScottDuncanWX/status/1540634337703563269?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1540634337703563269%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.trtworld.com%2Fasia%2Fjapanese-capital-faces-worst-heatwave-since-records-begin-in-1875-58366
ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް އުފުލިފައިވާތީ، އެހެން ޤައުމުތަކެކޭ ވެސް އެއް ފަދައިން ޖަޕާނުގައި ވެސް ހަކަތަ އުފެއްދުމަށް ކުރާ ޚަރަދު މި ވަނީ އިތުރުވެފައެވެ. އަދި، މި ކަމުގެ އަސަރު ކަރަންޓު ބިލުތަކުން ފެނިގެންދާނެ ކަމަށް ބެލެވެއެވެ. 2018 ވަނަ އަހަރު ވެސް ޖަޕާނަށް މި ފަދަ ހޫނުގަދަ ދުވަސްތަކަކާ ކުރިމަތިލާން ޖެހުނެއެވެ. އަދި، އާދަޔާ ޚިލާފަށް ހޫނު ގަދަވެ، ގިނަ އަދަދެއްގެ ބަޔަކަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހުނެވެ.