Ad

ސީސީއައިއޭ ވަންދޫ އައިސްޕްލާންޓުން އައިސް ވިއްކާ އަގަށް ބަދަލު ގެނެސްފި

ސީސީއައިއޭ ވަންދޫ އައިސްޕްލާންޓުން އައިސް ވިއްކާ އަގުު ބޮޑުކޮށްފި އެވެ.

ސީސީއައިއޭ އައިސްޕްލާންޓްގެ މެނޭޖަރު މުޙައްމަދު އިނާޒް ބުނީ އައިސްގެ އަގު ބޮޑުކުރީ ތެލުގެ އަގު އިންތިހާއަށް ބޮޑުވުމާ ގުޅިގެންނެވެ. އެގޮތުން ކުރިން 1200ރ އަށް ވިއްކި އައިސް ޓަނެއް މިއަދުން ފެށިގެން ވިއްކަމުންދާނީ 1300 ރުފިޔާއަށެވެ.

"ތެލުގެ އަގު ބޮޑުވާ ވަރަކަށް އައިސް އުފައްދަށް ކުރާ ޚަރަދު އެބަ ބޮޑުވޭ. ތެލުގެ އަގު ހެޔޮ ވުމާއެކު އައިސްގެ އަގު ވެސް ހެޔޮވާނެ. އަޅުގަނޑުމެންގެ އަމާޒަކީ ވީހާވެސް ލުއިފަސޭހަ ގޮތެއްގައި ކޮލިޓީ މޮޅު އައިސް މަސްވެރިންނަށް ފޯރުކޮއްދިނުން." ސީސީއައިއޭ އައިސްޕްލާންޓްގެ މެނޭޖަރު މުޙައްމަދު އިނާޒް ބުންޏެވެ.

ޖުމްލަ 6 މިލިޔަން ރުފިޔާ ހަރަދުކޮށްގެން ސީސީއައިއޭއިން ޤާއިމްކުރި މި ޕްލާންޓަކީ ދުވާލަކަށް 30 ޓަނު އުފެއްދޭ އައިސް ޕްލާންޓެކެވެ. މި ޕްލާންޓްގެ ޚިދުމަތް ފެށުމާގުޅިގެން ވަންދޫގެ މަސްވެރިންގެ އިތުރުން އަތޮޅުގެ މަސްވެރިންނާއި ރާއްޖޭގެ ހުރިހާ މަސްވެރިންނަށް މީގެ ފައިދާ ދަނީ ކުރަމުންނެވެ. މި ޕްލާންޓްގެ ޚިދުމަތްދޭން ފަށާފައިވަނީ މިދިޔަ އަހަރު އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހުއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *