Ad

ލިވާތު ކުރި މީހުންނަށް އެމްޑީޕީން އަދިވެސް ފިޔަވަޅެއް ނާޅާ!

މިހާރު ފެންމަތިވެގެން އުޅޭ އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ހިމެނޭ އެމްޑީޕީއަށް ނިސްބަތްވާ މީހުންނަށް އެޕާޓީން ފިޔަވަޅު ނާޅާތީ އެޕާޓީގެ އާންމު މެމްބަރުން ނުރުހުން ފާޅުކުރަން ފަށައިފިއެވެ.

ބަންގްލަދޭޝްގެ ޒުވާނެއް ކަމަށްވާ އެމްޑީ އަލަމްގިރިއާއެކު އެއްޖިންސުން ގުޅުންގިންގި ވީޑިއޯ އެންމެ ފުރަތަމަ އާންމުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރުގެއެވެ. މި މައްސަލައިގައި ނާޒިމް މިހާރު ވަނީ ހައްޔަރުކޮއްފައެވެ. ނާޒިމް އަކީ އެމްޑީޕީގެ ލީގަލް ކޮމެޓީގެ މެމްބަރެކެވެ. ނާޒިމްއަށް ފަހު ފުލުފުލުން މިފަދަ ވީޑިއޯތައް ލީކުވާން ފެށިއެވެ. މީގެތެރޭގައި ސަރުކާރުގެ މުވައްސަސާތަކާއި ވުޒާރާގެ މަތީ ފަޑީގައި ތިބި މީހުން ހިމެނެއެވެ. މީގެތެރެއިން ގިނަ މީހުން ހިމެނެނީ އެމްޑީޕީގައެވެ. މިފަދަ ތުހުމަތު ކުރެވޭ ފަރާތްތައް މަޤާމުން ވަކިކޮށް އަދި ސަސްޕެންޑް ކުރުން ފަދަ ކަންތައް އެ މުވައްސަސާތަކުން ކުރެއެވެ. ނަމަވެސް މިއިން އެއްވެސް މީހަކަށް އެޕާޓީން ފިޔަވަޅެއް ނާޅައެވެ.

އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުކުރެވޭ އެމްޑީޕީގެ ލީގަލް ކޮމެޓީގެ މެމްބަރު ނާޒިމް

އެމްޑީޕީގެ އާންމު މެމްބަރަކު ކުރި ޓްވީޓެއްގައި ބުނެފައިވަނީ މިފަދަ ބޮޑު ތުހުމަތެއް ކުރެވުމުން ޕާޓީން އެމީހަކު އެކަހެރި ކުރަން ޖެހޭ ކަމަށެވެ.

"ޕާޓީގެ އެކި ކަހަލަ ކޮމެޓީތައް އެބަހުރި. މިފަދަ މައްސަލައެއް ފެންމަތިވުމުން ޕާޓީން އެމީހަކަށް ފިޔަވަޅު އަޅަންޖެހޭ. ޕާޓީގެ ދަފްތަރުންވެސް އުނިކުރަން ޖެހޭ. މިއީ މިފަދަ މައްސަލައެއްގެ ތުހުމަތު ކުރެވުމުން ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި އަމަލުކުރަމުންދާ ގޮތް. ނަމަވެސް މި ޕާޓީ މިއޮތީ ހަނު. މައްސަލަ ބެލޭނެ ގޮތެއްވެސް ނެތް." އޭނާގެ ޓްވީޓްގައި ވެެއެވެ.

ދާދި ފަހުން ޕީޕީއެމް ވަނީ މަސްތުވާތަކެތީގެ ތުހުމަތު ކުރެވުނު އެޕާޓީގެ ދެ މީހަކުގެ މައްސަލަ އެޕާޓީން ބަލާ އެ ދެމީހުން ޕާޓީން ވަކިކޮއްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. މިހާރު މީސްމީޑިޔާ އޮންލައިން ނޫސްތައް ބަލާލީމަ ހީވަނީ މިއީ ފާހިސް ޢަމަލްތައް ޕްރޮމޯޓް ކުރާފަރާތްތަކެއްހެން މިހާރު ގޭސިޓިންރޫމް ތަކުގަ މިފަދަ މަޖައްލާއެއް ކިޔާލުމަކީ ކިރިޔާވެސް ލަދެއްޙަޔާތެއްހުރި އިންސާނަކަށް ކުޅަދާނަކަމެއްނޫން އެން ކުޑަކުއްޖާވެސް މިނޫތައް ކީޔާކަން ހިތާމަޔާއެކު ފާހަގަކޮއްލަން ނޫސްވެރިކަމުގެމިނިވަކަމޭ ކިޔާ އައުރާނަވެސް ލިޔަން އޯކޭދޯ؟ ސުކުރިއްޔާ! ސުކުރިއްޔާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *