Ad

ރައީސް ސޯލިހުގެ 4 ފޮޓޯފުޅޭ ކިޔައިގެން ރައީސް ނަޝީދު ދޮގުހެއްދެވިކަން ނަޝީދުގެ ޕްރެސްއިން ހާމަވެއްޖެ!

ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ހައްޔަރު ކުރުމާއި ގުޅިގެން އެކަމާއި ދެކޮޅަށް އިނގެރޭސިވިލާތުގައި ހުންނަވާ ޓްވީޓް ކުރައްވާ އަދި އެމްޑީޕީ ގައުމީ މަޖްލިސްގެ ވަޓްސްއެޕް ގުރޫޕްގައި ރައީސް ސޯލިހުގެ ބަދުއަހުލާގީ އަމަލު ހިންގާ 4 ފޮޓޯ ލިބިފައިވާކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ފަހުން ފޯނު ވަގަށް ނަގައިފިކަމަށް ވެސް ވިދާޅުވިއެވެ.

މި ޕްރެސް ކޮންފަރަންސް ގައި ތަކުރާރުކޮށް 4 ފޮޓޯއާއި ބެހޭގޮތުން ކުރެވުނު އެއްވެސް ސުވާލަކަށް ރައީސް ނަޝީދަކަށް ޖަވާބެއް ނުދެއްވުނެވެ. އަދި އެންމެ ފަހުން ވިދާޅުވީ ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ބައިވަރު ޕޮޓޯ ހުންނާނެ ކަމަށާއި ދެބޭފުޅުންއަތުގައިވެސް ކުޑަ އިރުއްސުރެ ޕޮޓޯ ހުންނާނެ ކަމަށެވެ. މިއަށް ސީދާ ޖަވާބެއް ނުދެއްވިއެވެ.

މިއީ ގައުމެއްގެ ވަލީއުލް އަމުރަކާއި ދިމާލަށް އަދި ކުރީސުރެ ގާތް އެކުވެރިޔަކާ ދިމާލަށް ޖަޒުބާތުގައި ޖެހިގެންވެސް ދައްކަން ހެޔޮވާވަރުގެ ވާހަކަ ތަކެއް ނޫންކަމަށް ރައީސް ނަޝީދުގެ އަރިސް ބޭފުޅުންވެސް ވަނީ ވިދާޅުވެފައެވެ. ރައީސް ނަޝީދަކީ އަބަދުވެސް ޖަޒުބާތުގައި ޖެހިއްޖިއްޔާ އެއްވެސް ހިފެއްޓުމެއްނެތި އަމަލު ކުރައްވާ ބޭފުޅެއްކަން މާޒީން ވެސް ހާމަވެއެވެ. ނަމަވެސް ރައީސް ސޯލިހު އެގޮތާއި މުޅިން ހިލާފެވެ.

މިދެބޭފުޅުންގެ އަމަލުތައް ހުރިގޮތުން ހަނދާން ވަނީ ސަންތި މަރިޔަނބު ވާހަކައިގައި ދަތް ގޯނި ހިފައިގެން އަންނައިރު "އަނގަމަޑުމިތުރާ" އަދި "އަނގަގަދަމިތުރު" އަމަލު ކުރިގޮތެވެ. ސަންތި މަރިޔަނބު ދަތްގޯނި ހިފައިގެން އައިސް ރީތި ދަތްޕިލައެއް އަނގަމަޑުމިތުރުގެ ޖަހައިދިންއިރު ނިދާކަމަށް ހެދިގެން މަޑު މަޑުން އަނގަމަޑުމިތުރު އޮތެވެ. ނަމަވެސް ސަންތިމަރިޔަނބު ދަތްގޯނި ހިފައިގެން އަނގަގަދަމިތުރު ކައިރިޔަށް ވެސް ގޮސް ރީތި ދަތްޕިލައެއް ޖަހައިދޭން އުޅެނިކޮށް އަނގަގަދަމިތުރަށް މަޑުންނޯވެވިގެން ކެތްނުލަވައިގެން ސަންތިމަރިޔަނބު ކައިރީގައި އަނގަމަޑުމިތުރަށް ޖަހައިދިންފަދަ ރީތި ދަތްޕިލައެއް ޖަހައިދޭން ބުނުމުން ސަންތިމަރިޔަނބު ސިއްސައިގެން ގޮސް މުޅި ދަތްގޯނި މޫނަށް އަޅާލައިފާ ފިލީއެވެ.

ރައީސް ސޯލިހުއަކީ ބަސްމަދު އަމަލު ގިނަ ބޭފުޅެކެވެ. ނަމަވެސް ރައީސް ނަޝީދު ފެންނަނީ ބަސް ގިނަ ނަމަވެސް ހިކުމަތްތެރި އަމަލު މަދު ބޭފުޅެއްގެ ގޮތުގައެވެ. ބަރުލަމާނީ ގެންނަން އެމްޑީޕީ ގައުމީ މަޖްލިސް އަށް އިސްލާހު ހުށަހެޅުއްވިއިރު އެމްޑީޕީ އަދި ގިނަ ދިވެހި ރައްޔިތުންނަށް ބަރުލަމާނީގައި އެކުލެވިފައިވާ ރަންގަޅު ސިފަތަކެއް އަދި އޭގެ މުހިއްމުކަމެއް ވެސް ކިޔާދީފަކާނެތެވެ. ކެމްޕޭނެއް ވެސް ނުކުރެވެއެވެ. ރައީސް ސޯލިހު ވަނީ މި އިސްލާހު އަނބުރާ ގެންދަވަން ނަޝީދަށް އަންގަވާފައެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

  1. ރޭވެސް މަދިން ނަސޭހަތަކީތީ ކޮނުނު ވަރަކަށް ފަސްގިނަވާނެޔޭ ތިކޮންފަރެން ނުބޭއްވިނަމަ ތިފަޝީޙަތުން ސަލާމަތްވީނު!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *