ކުވައިތުގެ ޤައުމީ އެއާރލައިން ކުވައިތު އެއާރވޭސްގެ ރަސްމީ ދަތުރުތައް ރާއްޖެއަށް މިއަދު ފަށައިފިއެވެ.
މިއަދު ހެނދުނު ގަޑިން 07:00 ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި ކުވައިތު އެއާރވޭސްގެ KU 365 ފުރަތަމަ މަތިންދާބޯޓަށް މަރުހަބާ ކިޔާފައި ވަނީ ވޯޓާ ސެލިއުޓަކުންނެވެ. މިއަދު މިފެށި ރަސްމީ ދަތުރުތައް ކުރުމަށް ހަމަޖެހިފައި ވަނީ ކުވައިތު އިންޓަރނޭޝަނަލް އެއާރޕޯޓުން ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓެށ ސީދާ ފްލައިޓްތަކެވެ.
ކުވައިތު އެއާރވޭސް އިން ހަފްތާއަކު 2 ދަތުރު ރާއްޖެއަށް ކުރުމަށް ނިންމާފައިވާ އިރު މި ދަތުރުތަކުގައި ބޭނުން ކުރަނީ އޭ 320 މަރުކާރުގެ މަތިންދާބޯޓެވެ. މެދުއިރުމަތީ ޤައުމުތަކުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނަ އިރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުތަކުގެތެރޭގައި ކުވައިތު ހިމެނެއެވެ.
https://twitter.com/VelanaAirport/status/1586984250523275264