Ad

މަސްވެރިންގެ ދުވަސް: މަސްވެރިން ތިބީ މަސްކޮޅު ކިރާދޭތޯ އާދޭސްކޮއްކޮށް

ރާއްޖޭގެ 42 މަސްވެރިންގެ ދުވަސް ފާހަގަކުރަމުންދާއިރު މަސްވެރިން ތިބީ ވަރަށް ހާލުގައެވެ. މަސްކޮޅު ކިރަން ހުޅުމާލޭ ފަޅުގައި ކިޔޫ ހަދާލާފައިތިބީ ކިތައް މަސްދޯނިތޯއެވެ. އެދޯނިފަހަރުން ކިޔުގަތިބޭތާ އެތައް ދުވަހެއް ވެއްްޖެއެވެ. ފެލިވަރަށް މަސް ކިރަން ނަމްބަރު ދޫކުރި އަދަދު އުޅެނީ 300 އިން މަތީގައެވެ. މީގެ ހަފްތާއެއްހާ ދުވަސް ކުރިން ނަމްބަރު ނެގި ދޯނިފަހަރަށްވެސް އަދި މަސް ނުކިރެއެވެ. ހޮރައިޒަންއިސް މަސްގަތުން ކޮންޓްރޯލްކޮއްފިއެވެ. މިހާރު ގަންނަނީ ދޯންޏަކުން 5 ޓަނުގެ މަހެވެ. އެކަށީގެއްވާ ވަރަށް އައިސް ނުލިބޭތީ މަސްތައް ހަލާކުވަނީއެވެ. އައިސް ކޮޅެއް ލިބޭތޯ އެއްރަށުން އަނެއް ރަށަށް ދުއްވަނީއެވެ. މިއީ މިއަދުގެ މަސްވެރިންގެ ހާލަތެވެ. ގަބޫލުރަން ދަތިވިޔަސް މިއީ ހަޤީތަތެވެ. މަސްބާނަން ދެ ގަޑިއިރު ހޭދަވާނަމަ އެމަސް ކިރަން 2 ހަފްތާ އެބަ ހޭދަވެއެވެ.

ހުޅުމާލޭ ކަންނެލި ޖެޓީގައި މަސްވެރިން ކިޔުގައި

ކޮވިޑްގެ ސަބަބުން ޤައުމުގެ އިޤްތިސާދު ހުއްޓުނުއިރު ޤައުމުގައި ވިންދުޖަހަޖަހާ އޮތީ ހަމަ އެކަނި މަސްވެރިކަން ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އޭރު މަސްވެރިންނަށް ވަރަށް ތައުރީފް ކުރެއްވިއެވެ.

އަދި ބޭރު ފައިސާ ހޯދުމަށް ދަތިވާ ކޮންމެ ވަގުތެއްގައިވެސް، މަސްވެރިކަމުގެ ޞިނާއަތުގެ މުހިއްމުކަން ވަޒަންކުރެވޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް 2020 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހުގެ ހިތޯބުގައި ފާހަގަކުރެއްވިއެވެ.ވެ.

މި ހިތާބުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖެފަދަ ވަސީލަތްތައް މަދު ޤައުމެއްގައި، އެއް ޞިނާޢަތެއްގެ މައްޗަށް މުޅި އިޤްތިޞާދު ބިނާކުރުމުގެ ގެއްލުމާއި ނުރައްކާތެރިކަން ބޮޑުކަން އެނގިގެން ހިނގައްޖެކަމަށެވެ.

"މި ފެށޭ 2021 ވަނަ އަހަރުގެ ތެރޭގައި، ދިވެހި މަސްވެރިކަން އިތުރަށް ތަރައްޤީކުރުމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދޭނެއެވެ. އައިސް ލިބުމުގެ ދަތިކަން ފިލުވައިދިނުމަށްޓަކައި، މުޅިން އައު، ހަތް އައިސް ޕްލާންޓް އެޅުމުގެ މަސައްކަތް މި އަންނަ އަހަރު ފެށޭނެއެވެ. އަދި ދޯނިފަހަރުގެ ވަތުގައި ފެން ފިނިކުރާ ނިޒާމުތައް ޤާއިމުކުރުމުގެ މަސައްކަތް އިތުރުކުރެވޭނެއެވެ. ހަމައެފަދައިން، މަސް ކިރުވުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމުގެ ގޮތުން، މަސް ގަންނަ އިތުރު ފެސިލިޓީތައް ޤާއިމުކުރުމުގެ މަސައްކަތްވެސް، މި އަންނަ އަހަރުގެ ތެރޭގައި ފެށޭނެއެވެ. މެރިކަލްޗަރގެ ޒަރީޢާއިން މަސްވެރިކަމުގެ ޞިނާޢަތު ސިންދަފާތުކުރުމުގެ މަސައްކަތްވެސް، މި އަންނަ އަހަރުގެ ތެރޭގައި އިތުރަށް ހަރުދަނާކުރުމަކީ ސަރުކާރުގެ ވަރަށް މުހިންމު އަމާޒެކެވެ." ރައީސުލްޖުމްހޫރިއްޔާ އެދުވަހު ވިދާޅުވިއެވެ.

މިކަންކަމުން އަޅުގަނޑުމެންނަށް އެނގިގެން ދިޔައީ، ރާއްޖެފަދަ ވަސީލަތްތައް މަދު ޤައުމެއްގައި، އެއް ޞިނާޢަތެއްގެ މައްޗަށް މުޅި އިޤްތިޞާދު ބިނާކުރުމުގެ ގެއްލުމާއި ނުރައްކާތެރިކަން ބޮޑުކަންކަމަށާއި ކޯވިޑްގެ އިޤްތިޞާދީ ގެއްލުންތަކުން އަރައިގަތުމަށް، ޤައުމީ ފެންވަރުގައި މަސައްކަތްތަކެއް ފަށާފައިވާ މިދަނޑިވަޅުގައި، މަސްވެރިކަމުގެ ޞިނާޢަތު އިތުރަށް ފުޅާކުރުމާއި، މަސްވެރިކަމުގެ އުފެއްދުންތައް އިތުރުކުރުމުގެ މުހިންމުކަންކަމަށް އެނގިގެން ހިނގައްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް ބޭނުންވާ ކާނާގެ ޔަޤީންކަން ދެމެހެއްޓުމަށާއި، ބޭރު ފައިސާ ހޯދުމަށް ދަތިވާ ކޮންމެ ވަގުތެއްގައިވެސް، މަސްވެރިކަމުގެ ޞިނާއަތުގެ މުހިއްމުކަން ވަޒަންކުރެވޭކަމަށް ރައީސުލްޖުމްހޫރިއްޔާ އޭރު ވިދާޅުވިއެވެ.

"ރާއްޖޭގެ ޤައުމީ އާމްދަނީގައި އެންމެ ބޮޑު ޙިއްޞާއެއްވާ ޞިނާޢަތަކީ ފަތުރުވެރިކަން ކަމުގައިވިޔަސް، ކޯވިޑްގެ ފުރަބަންދު ތެރޭގައިވެސް، މުޅިން ހުއްޓުމަކަށް ނައިސް ހިނގަހިނގާ އޮތީ، އިޤްތިޞާދީ ދެވަނަ ޞިނާޢަތުގެ ގޮތުގައި މިހާރު ބެލެވޭ ދިވެހި މަސްވެރިކަމެވެ. ނަމަވެސް ދުނިޔެއަށް އަންނަ އިޤްތިޞާދީ އަދި ޞިއްޙީ، ކުއްލި ލޮޅުންތަކުން ސަލާމަތްވުމަށްޓަކައި، މަސްވެރިކަމަކީ ރާއްޖޭގެ އެންމެ ފުޅާ އިޤްތިޞާދީ ވަސީލަތްކަމުގައި ހެދުމުގެ ވަގުތު ޖެހިއްޖެ ކަމުގައި އަޅުގަނޑު ޤަބޫލުކުރަމެވެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއީ 2020 ވަނަ ވަނަ އަހަރުގެ މަސްވެރިންގެ ދުވަހު ރައީސް ސޯލިހު ވިދާޅުވި ވާހަކަފުޅެވެ. އޭގެ ފަހުން 2 އަހަރުވީއެވެ. މިވާހަކަފުޅުން އެއްވެސް ކަމެއް ހާސިލްވިތޯއެވެ. މަސްވެރިކަން ދިޔައީ ކުރިއަށްތޯ ނުވަތަ ފަހަތައްތޯއެވެ. "މަސްވެރިކަން ނަގާ ކޮޅަށްޖަހައްވީ ވަގުތު" ކަމަށް މީގެ 2 އަހަރު ކުރިން ވިދާޅުވި ވިދާޅުވުމަށް އަމަލީ ސިފަ އަންނާނީ ކޮންއިރަކުންތޯއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *