Ad

މިދިޔަ އަހަރު އެންމެ ގިނައިން ބޮޑުކަންނެލި ކިރުވީ ތުޅާދޫ "ހައިސަމް"ދޯނި

މިދިޔަ އަހަރު އެންމެ ގިނައިން ބޮޑުކަންނެލި ކިރުވި ދޯންޏަކަށް  ބ. ތުޅާދޫ، "ހައިސަމް" ދޯނި ހޮވިއްޖެއެވެ.

މިކަން އިއުލާނުކޮށް އެންމެ ގިނައިން މަހާއި ކަންނެލި ކިރުވި ދޯނިފަހަރަށް ހަނދާނީ ފިލާ ދިނީ ފަރެސްމާތޮޑާއި ބޭއްވި މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. މިދިޔަ އަހަރު އެންމެ ގިނަ ކަންނެލި ކިރުވި ދޯންޏަކަށް ހައިޝަމް ހޮވުނުއިރު ދެވަނަ އަށް އެންމެ ގިނަ ބޮޑު ކަންނެލި ކިރުވާފައިވަނީ ދ. މީދޫ "އަލަމާ-6″ ދޯންޏެވެ.

އަދި 3 ވަނަ އަށް އެންމެ ގިނަ ބޮޑު ކަންނެލި ކިރުވާފައިވަނީ އދ. މަހިބަދޫ، "އަސުރުމާ 3″ ދޯންޏެވެ.

އެންސިސް ފަހަތައް ޖައްސާލުމަށްފަހު މިދިޔަ އަހަރު އެންމެ ގިނައިން ބޮޑުކަންނެލި ގަނެފައިވަނީ ބިގްފިޝްއިންނެވެ.

ދޮށީގެ މަސްވެރިކަމުން މިދިޔަ އަހަރު އެންމެ ގިނަ މަސް ކިރުވާފައިވަނީ ގދ މަޑަވެލީ ޓީއެސްލައިން ދޯންޏެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *