Ad

ނަޝީދު ބޭނުންވަނީ ވެރިކަން، ނުރުހެނީ ވެރިކަމުގައި އަޅުގަނޑު ހުރުމުން: ރައީސް ސޯލިހު

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި، ޚިޔާލު ތަފާތުވުން އޮތީ ވެރިކަމުގައި އެމަނިކުފާނު ހުންނެވުމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި ރައީސް ޞާލިހު ވިދާޅުވީ ރައީސް ނަޝީދާއި ޚިޔާލު ތަފާތުވުން އޮތީ އެމަނިކުފާނު ވެރިކަމުގައި ހުންނެވުމުން ރައީސް ނަޝީދު އެކަމާ ހިތްހަމަ ނުޖެހޭތީކަމަށެވެ.

ރައީސް ނަޝީދަކީ އަބަދުވެސް ވެރިކަމުގެ ހުވަފެން ދެކޭ ބޭފުޅެއްކަމަށާއި، ވެރިކަމުގައި އެމަނިކުފާނު ނޫން އެހެން ކޮންމެ މީހަކު ހުރިނަމަވެސް ރައީސް ނަޝީދުގެ އެހިތްހަމަ ނުޖެހުން އެމީހަކާ މެދު އޮންނާނެކަމަށް ރައީސް ވިދާޅުވިއެވެ. ނޫސްވެރިންގެ ބައްދަލުމުގައި ނޫސްވެރިޔަކު ވަނީ ދާދި ފަހުން ރައީސް ސޯލިހުގެ އިސްތަށިފުޅުގައި އެޅުއްވި ޒިނޭގެ ތުހުމަތާބެހޭ ބެހޭގޮތުންވެސް ސުވާލު ކުރައްވާފައެވެ. އަދި ރައީސް ނަޝީދު ވިދާޅުވި ފޮޓޯތަކަކީ ދޮގެއް ކަމަށްވާނަމަ އެކަމަކީ އިސްލާމްދީނުގައި އަދަބު ކަނޑައެޅިފައިވާ ކުށަކަށްވާއިރު ރައީސް ނަޝީދުގެ މައްސަލަ ބައްލަވާނަންތޯއާއި އަދި އެ މައްސަލަ ނުބައްލަވަނީ ކީއްވެތޯ ސުވާލުކުރެއްވިއެވެ. ޖަވާބުގައި ރައީސް ސޯލިހު ވިދާޅުވީ، ރައީސް ނަޝީދު ވިދާޅުވިފަދަ އެއްވެސް ފޮޓޯއެއް ނުހުންނާނެ ކަމަށެވެ. ނަމަވެސް ނަޝީދުގެ ދޮގުހެއްދެވި މައްސަލައާ ބެހޭގޮތުން އެއްވެސް ޖަވާބެއް ނުދެއްވިއެވެ.

ރައީސް ނަޝީދާއި ރައީސް ސޯލިހަކީ ކުޑައިރުން ފަށައިގެން އެންމެ ގާތް 2 އެކުވެރިންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *