Ad

އިނގިރޭސި ޕްރިމިއާ ލީގު: ލިވަޕޫލުން ޔުނައިޓެޑް ލަދުގަންނުވާލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލުން މެންޗެސްޓަރ ޔުނައިޓެޑްކޮޅަށް 7 ލަނޑު ޖަހައި އެޓީމާއި ސަޕޯޓަކުން ލަދުގަންނުވާލައިފިއެވެ.

އިނގިރޭސި ފުޓްބޯޅައިގައި އެންމެ ވާދަވެރި އަދި އެންމެ ކާމިޔާބު ދެ ކްލަބުގެ ކުރިމަތިލުން ލިވަޕޫލުން ކާމިޔާބުކުރީ މި ދެޓީމުގެ ކުރިމަތިލުންތަކުގައި ނިކުތް އެންމެ ތަފާތުބޮޑު ނަތީޖާއާއެކުގައެވެ. މި މެޗްވެ ގިނަ ގޯލްތައް ޖަހާފައިވަނީ 2 ވަނަ ހާފުގައެވެ. އެހާފުގައި 6 ގޯލް ޖެހިއެވެ. މިމެޗްގައި ސަލާހް، ނޫނެޒް އަދި ގަކްޕޯ މިއިން ކޮންމެ ކުޅުންތެރިޔަކު 2 ލަނޑު ޖެހިއެވެ. ފަހުލަނޑު ޖެހީ ފިރުމީނިއޯއެވެ.

މެޗްގެ ފުރަތަމަ ލަނޑު 43 ވަނަ މިނެޓްގައި ޖެހީ މި ސީޒަންގައި ޓީމާގުޅުނު ނެދަލެންޑްސްގެ ފޯވާޑް، ކޯޑީ ގަކްޕޯ އެވެ.

ލިވަޕޫލްގެ އެންފީލްގައި ކުޅުނު މި މެޗްގެ 2 ވަނަ ހާފު ލިވަޕޫލުން ފެށީ ވަރަށް ތަފާތުކޮށެވެ، މޮޅު އެޓޭކިންގ ފުޓްބޯޅައަކާ އެކުގައެވެ. ދެ ވަނަ ހާފުގެ ކުޅުން ފެށިގެން، ދެ މިނިޓް ތެރޭ، މެޗުގެ 47 ވަނަ މިނިޓްގައި ޑާވިން ނޫނޭޒް ވަނީ ބޮލުން ގޯލެއް ޖަހައި، ލިވަޕޫލްގެ ލީޑުފުޅާކޮށްދީފަ އެވެ. އޭގެ ތިން މިނިޓް ފަހުން، ސަލާހު ދިން ބޯޅައަަކަށް އަރައި، ގަކްޕޯ ލިވަޕޫލްގެ ތިން ވަނަ ގޯލު ޖެހި އެވެ.

4 ވަނަ ލަނޑު 66 ވަނަ މިނިޓްގައި ޖެހީ މުހައްމަދު ސަލާހެވެ. އަދި 75 ވަނަ މިނިޓްގައި ޖޯޑަން ހެންޑަަސަން ނެގި ހުރަހަކުން ނޫނޭޒް ވަނީ 5 ވަނަ ލަނޑު ޖަހާފައެވެ. މެޗުގެ 83 ވަނަ މިނިޓްގައި ސަލާހު ވަނީ މެޗްގެ 6 ވަނަ ލަނޑު ޖަހާފައެވެ. ލިވަޕޫލްގެ ހަތް ވަނަ ލަނޑު ޖެހީ ބަދަލަކަށް ކުޅެން އެރި ރޮބާޓޯ ފިރްމީނޯ އެވެ.

މިއީ މެންޗެސްޓަރ ޔުނައިޓެޑާއި ލިވަޕޫލްގެ ކުރިމަތިލުމެއްގައި މިހާތަނަށް ނުކުތް އެންމެ ފަރަގު ބޮޑު ނަތީޖާ އެވެ. މިއީ ޔުނައިޓެޑްގެ އެންމެ ފަރަގު ބޮޑު އެއް ބައްޔެވެ. މީގެ ކުރިން ހަތަރު ފަހަރު ޔުނައިޓެޑް ވަނީ 7-0 އިން ބަލިވެފަ އެވެ. އެންމެ ފަހުން މިނަތީޖާއިން ބަލިވީ 1931 ވަނަ އަހަރު ވުލްވްސް އަތުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *