Ad

އެމްޑީޕީގެ މަޖިލީސް މެމްބަރުން ބޭނުންވި ގޮތަށް ފްލެޓްތައް ބަހާނުލުމުން ޕާޓީގެ އެތެރޭގައި ހުޅު ރޯވެއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ފުލެޓަށް އެދި ހުށަހެޅި ފަރާތްތަކުގެ ދާއިމީ ލިސްޓް އާންމުކުރިއިރު ރައްޔިތުންގެ މަޖިލީހުގައި ތިބި އެމްޑީޕީގެ ބައެއް މެންބަރުން ބޭނުންވިގޮތަށް ލިސްޓް އެކުލަވާލާފައި ނުވާތީ މެންބަރުން ނުރުހުން ފާޅުކުރަން ފަށައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެމްޑީޕީގެ މަޖިލިސް މެންބަރުން ތިއްބަވާ، ސޯޝަލް މީޑީއާގެ އެކި ޕްލެޓްފޯމްތަކުގައި ހިންގާ ގްރޫޕްތަކުގައި މެންބަރުން ދަނީ ނުރުހުން ފާޅު ކުރަމުންނެވެ. އެގޮތުން ބައެއް މެންބަރުން ޕާޓީގައި ނުތިބޭނެ ކަމުގެ އިންޒާރުވެސް ދެމުންދާކަމަށް މަޢުލޫމާތު ލިބެއެވެ.

މި ގްރޫޕް ތަކުގައި މެންބަރުން ނުރުހުން ފާޅު ކުރަމުން ގެންދާއިރު، ޕާޓީގެ ބައެއް އާންމު މެންބަރުން ދަނީ އެމްޑީޕީގެ މަޖިލިސް މެންބަރުން ފްލެޓް ލިސްޓަށް ނުފޫޒު ފޯރުވިކަމަށް ތުހުމަތުކޮށް މެންބަރުންނަށްވެސް ފާޑު ކިޔަމުންނެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ދާއިމީ ލިސްޓް ފައިނަލް ކުރުމުގެ ކުރިން ބައެއް މެމްބަރުން ދިޔައީ އެކި ގޮތްގޮތުން ހައުސިންގ މިނިސްޓަރަށާއި ފްލެޓް ކޮމިޓީއަށާއި ރައީސުލްޖުމްހޫރިއްޔާއަށްވެސް ޕްރެޝަރ ކުރަމުންނެވެ. މެންބަރުން ހިތްހަމަ ނުޖެހުން ފާޅުކުރަމުންދަނީ ފައިނަލް ލިސްޓް އާންމުކުރި އިރު މެންބަރުން ބޭނުންވިގޮތަށް ހުރިހާ ކަމެއް ސަރުކާރުން ކޮށްފައި ނުވާތީކަމަށް މަޢުލޫމާތު ލިބެއެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން 3 ކޮޓަރީގެ ފުލެޓަށް ކުރިމަތިލި މީހުންގެ ދާއިމީ ލިސްޓްގައި ހިމެނޭ ފަރާތްތަކުގެތެރެއިން ފަހިދިރިއުޅުން ކޯޕަރޭޝަނުން މިހާރު އިމާރާތްކުރަމުންގެންދާ 4000 ފުލެޓް ލިބޭ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ 76 އިން ފެށިގެން މަތިން މާރކްސް ލިބިފައިވާ ފަރާތްތަކެވެ. އަދި 2 ކޮޓަރީގެ ފުލެޓްގެ ދާއިމީ ލިސްޓްގައި ހިމެނޭ ފަރާތްތަކުގެތެރެއިން ފަހިދިރިއުޅުން ކޯޕަރޭޝަނުން މިހާރު އިމާރާތްކުރަމުންގެންދާ 4000 ފުލެޓް ލިބޭ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ 73 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކެވެ.

4000 ފުލެޓް ގެ ތެރެއިން ފުލެޓް ލިބުމަށް ހޮވިފައިވާ ފަރާތްތަކަށް، އެފަރާތަކަށް ލިބޭ ފުލެޓް ކަނޑައަޅުމަށްޓަކައި ގުރުއަތު ލުން ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން ގުރުއަތުލުމަށް ހާޒިރުވާނެ ދުވަހާއި ގަޑި ޕޯޓަލް މެދުވެރިކޮށް އަންގާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.

https://www.gazette.gov.mv/iulaan/262691

ދެކޮޓަރި ލިބުނު މީހުންގެ ލިސްޓު

ތިން ކޮޓަރި ލިބުނު މީހުންގެ ލިސްޓު

އަދި 4000 ފުލެޓް ލިބޭ ފަރާތްތަކުގެ ތެރޭގައި ނުހިމެނޭ، ނަމަވެސް ޝަރުތުހަމަވާ ކަމަށް ދާއިމީ ލިސްޓްގައި ކަނޑައަޅާފައިވާ ފަރާތްތަކަށް، ސަރުކާރުންކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހައުސިންގ މަސްރޫއުތަކުގެ ތެރެއިން ފުލެޓެއް ދިނުމަށް ހަމަޖެހިފައިވާކަމުގެ ލިޔުން ޕޯޓަލް މެދުވެރިކޮށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ދެމަފިރިން ވަކިން ހުށަހަޅައިގެން ފުލެޓް ލިބުމަށް ހޮވިފައިވާނަމަ ފުލެޓް ދިނުމަށް ހަމަޖެހިފައިވަނީ ދެމަފިރިންނަށް 1 ފުލެޓެވެ. ނުވަތަ ފުލެޓް ދިނުމަށް ހަމަޖެހިފައިވަނީ ދެމަފިރިންގެ ތެރެއިން ކަނޑައަޅާ ފަރާތަކަށް 1 ފުލެޓް ކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *