Ad

ކުޅުދުއްފުށި އެއަރޕޯޓްގެ ޕެސެންޖަރ ޓަރމިނަލް ތަރައްޤީކުރުމަށް ބަޔަކު ހޯދަނީ!

ހދ. ކުޅުދުއްފުށި އެއާޕޯޓްގެ ޓާމިނަލް ބޮޑުކޮށް، އަލުން ތަރައްގީކުރާނެ ބަޔަކު ހޯދަން އިއުލާން ކޮށްފިއެވެ.

އެ މަޝްރޫއުގެ ދަށުން އެއާޕޯޓުގެ ޓާމިނަލް ތަރައްގީކުރަން ޖެހެނީ އެ އެއާޕޯޓު ބަލަހައްޓާ ރީޖަނަލް އެއާފޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) ގެ ކޮންސްޕްޓް އަދި ކުރެހުމާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.

ކުޅުދުއްފުށީ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރޭގައި ހިމެނެނީ 11،345 އަކަފޫޓުގެ ޕެސެންޖާ ޓާމިނަލެއް ހެދުމާއި ފެސެންޖަ ޓާމިނަލް ސަރަހައްދުގައި ޝޭޑިންއެއްލުމާއި މިހާރު ބޭނުން ކުރަމުން އަންނަ ޓާމިނަލްގެ ސްޓްރަކްޗާ އަށް ގެންނަންޖެހޭ ބަދަލުތަށް ގެނައުމުގެ އިތުދަށް ޕެސެންޖަރުންނަށް ދޭ ހިދުމަތްތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ތަންތަން ގާއިމު ކުރުމެވެ. 

މިމަސްރޫޢު ކުރިއަށް ގެންދިއުމަށް ޝައުގު ވެރިވެއްލައްވާ ކޮންސްޓްރަކްޝަން ކުންފުނިތަކުން، އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީ.އޯ.އައި)އެއް ގެޒެޓްގައި ބަޔާކުރެވިފައިވާ މާޢުލޫމާތުތަކާއެކު 09 ޖަނަވަރީ 2024 ވާ އަންގާރަ ދުވަހުގެ 23:59 ގަނޑި ސުންމިނެޓްގެ ކުރިން [email protected] އަށް ފޮނުއްވުމަށް ވަނީ އެދިފައެވެ. އަދި މި މަސްރޫޢަށް ކަނޑައަޅާފައިވާ ބިޑް ޑޮކިއުމަންޓް ދޫކުރެވޭނީ ރެޖިސްޓަރ ވެފައިވާ ފަރާތްތަކަކަން ވަނީ ފާހަގަކުރައްވާފައެވެ.
ކުޅުދުއްފުށި އެއަރޕޯޓްގެ ޕަސެންޖަރ ޓަރމިނަލްގެ ޙިދުމަތްތައްފުޅާކުރުމުގެ މަސައްކަތްތައް ފެށުމަށް ވަނީ ރައީސްގެ ހަފްތާ 14” ގެމަގުޗާޓުގައި ހިމަނާފައެވެ. 
އަދި ރައީސް ވެވަޑައިގެންފައިވާ ވައުދުފުޅާއި އެއްގޮތަށް 14 (ސާދަ) ހަފްތާގެ ތެރޭގައި  އަމަލީ މަސައްކަތްތައް ފެށުމަށް ރީޖަނަލްއެއަރޕޯޓްސް ކޮންޕަނީ ލިމިޓެޑް(އާރް.އޭ.ސީ.އެލް)ގެ ފަރާތުން ދަނީމަސައްކަތް ކުރަމުންނެވެ.  
ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، އަޙްމަދު މުބީން ކުންފުންޏާއި ހަވާލުވި ފުރަތަމަ ދުވަހުންފެށިގެން އެންމެ ބޮޑު އިސްކަމެއް ދީފައިވާ އެއް މަސްރޫއަކީ ކުޅުދުއްފުށި އެއަރޕޯޓަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ، އިތުރުކުރަންޖެހޭއެންމެހައި ޙިދުމަތްތަކެއް އިތުރު ކުރުމާއި، ޕަސިންޖަރުންނަށްއެއަރޕޯޓުން އަދި ޓަރމިނަލްއުން ލިބެންޖެހޭ އެންމެހައި ޙިދުމަތްތައްހިމެނޭ ގޮތަށް ކޮންސެޕްޓް ޑްރޮވިންގ އެއް އެކުލަވާލާއި މަސްރޫޢުގެ މަސައްކަތްތައް ފަށައި ތަޢާވާލް އާއި އެއްގޮތަށް މަސައްކަތްތައް ނިންމުމެވެ.
ރީޖިނަލް އެއާޕޯޓް ކޮމްޕެނީން ބުނީ އަލަށް ހެދޭ ޓަރމިނަލްގައި ދަތުރުކުރާ ފަރާތްތަކަށާއި އާއްމު ފަރާތްތަކަށް ބޭނުންވާ ހުރިހާ ހިދުމަތްތަކެއް އެކުލެވިފައިވާނެވެ. މިގޮތުން ފާހަނަ، މައިންނަށް ހާއްސަ ކުރެވިފައިވާ ކޮޓަރި، ނަމާދު ކުރާ ކޮޓަރި، ކެފޭގެ ހިދުމަތް، ދަތުރުކުރާ ފަތުރުވެރިންނަށް ނުވަތަ އެހެން ފަރާތްތަކަށް މައުލޫމާތު ދޭނެ ކައުންޓަރ ފަދަ ހިދުމަތްތަކާއި ސްޓާފުންނަށް ބޭނުންވާ ވަސީލާތްތަކާއި ޙިދުމަތްތައް ގާއިމްކުރެވިގެންދާނެ ކަމަށެވެ. 
މި މަސްރޫޢުގެ ތެރޭގައި އެއަރޕޯޓުގެ ސަރަހައްދަށް  ބޭނުންވާޕާކިންގެ ޙިދުމަތްތަކާއި އަދި މީގެ އިތުރުންވެސް އެއަރޕޯޓަށް އިތުރު ފުރިހަމަކަން ގެނެސްދޭނެ ކަންކަންވަނީ ހިމަނާފައެވެ.
މިބަދަލުތަކާއެކު އާރް.އޭ.ސީ.އެލްއިން ދަނީ، ކުޅުދުއްފުށި އެއަރޕޯޓުގައިހިމެނޭ ސަރަހައްދަށް އިތުރު އިންގިލާބީ ބަދަލުތަކެއް ގެނައުމުގެމަސައްކަތްތަކެއް ކުރަމުންނެވެ. އޮގޮތުން، ޓުއަރިޒަމް އާއި ގުޅުންހުރިކަންކަން އެއަރޕޯޓުގެ އުތުރަށް އޮތް ހުސްބިމުގައި ތަޢާރަފް ކުރުމަށް އާރް.އޭ.ސީ.އެލް އާއި ކައުންސިލާއެކުވަނީ ސޮއިކޮށްފައެވެ.
މިކަންކަމުގެ ސަބަބުން ކުޅުދުއްފުށި ސިޓީއަށް އިތުރަށް ފުރިހަމަކަންގެނެސްދީ ޓުއަރިޒަމް އިތުރަށް ފުޅާވުމަށް އެހީއަކަށްވެގެންދާނެއެވެ.  މިއީ އާރް.އޭ.ސީ.އެލް އަމިއްލަ ފައިމައްޗަށް ތެދުވެ ސަރުކާރުގެ މާލީއެހީއަށް ބަރޯސާވެފައި އޮތްއޮތުން ނިމުމަކަށް ގެނައުމަށްޓަކައި އެކުންފުނިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކަމެއް ކަމަށް އެކުންފުނިން ބުނެއެވެ.
އާރްއޭސީއެލުން މިހާރު އަންނަނީ ރާއްޖޭގެ ޖުމްލަ ހަތް އެއާޕޯޓެއް އޮޕަރޭޓްކުރަމުންނެވެ.
ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *