Ad

ފުވައްމުލަކު އެއަރޕޯޓްގެ ރަންވޭދިގުކޮށް އެއަރޕޯޓް ބޮޑުކުރަނީ!

ފުވައްމުލަކު އެއަރޕޯޓްގެ ރަންވޭދިގުކޮށް އެއަރޕޯޓް ބޮޑުކުރުމުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ.
މި މަޝްރޫޢުއަކީ ރައީސުލް ޖުމްހޫރިއްޔާގެ ވައުދުފުޅާއި އެއްގޮތަށް ފުވައްމުލަކުސިޓީ އެއަރޕޯޓު ރަންވޭގެ އޮރިއެންޓޭޝަން ބަދަލުކޮށް ރަންވޭދިގުކުރުމަށް ހިންގާ މަޝްރޫއުއެއް ކަމަށް މި އެއާޕޯޓް ހިންގާ ރީޖިނަލް އެއާޕޯޓް ކޮމްޕެނީން ބުނެއެވެ. އެކުންފުނިން ވަނީ ފުވައްމުލަކު ސިޓީ ކައުންސިލާއި ބައްދަލުކޮށް އެއާޕޯޓް ބޮޑު ކުރުމުގެ މަޝްރޫޢުްއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު މައުލޫމާތު އެ ކައުންސިލާ ހިއްސާކޮށްފިއެވެ. މިބައްދަލުވުން ކުރިއަށް ގެންދެވިފައިވަނީ ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ ގައެވެ.

މިމަޝްވަރާގައި ބައްދަލުވުމުގައި ފުވައްމުލަކު ސިޓީ އެއަރޕޯޓުގެ ރަންވޭ ބޮޑުކުރެވެން ހުރި އޮޕްޝަންސްތައް ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީގެ މެނޭޖިންގ ޑައިރެކްޓަރ ފުވައްމުލަކު ސިޓީ ކައުންސިލްގެ ރައީސް އަދި މެމްބަރުންނާއި ހިއްސާކުރެއްވިއެވެ. މީގެއިތުރުން ފުވައްމުލަކު ސިޓީ އެއަރޕޯޓް ތަރަށްގީގެ މާސްޓަރ ޕްލޭނާއި ބެހޭގޮތުން ވަރަށް ފުޅާދާއިރާއެއްގައި ވާހަކަ ދެކެވުނުކަމަށް ރީޖިނަލް އެއާޕޯޓް ކުންފުނިން ބުނެއެވެ.

ފުވައްމުލަކު ސިޓީ އެއަރޕޯޓަށް އަންނަ ތަރައްގީގެ ތެރޭގައި ރަންވޭ އޮރިއެންޓޭޝަން ބަދަލުކޮށް ޖެޓް ޖެއްސޭވަރަށް ރަންވޭ ބޮޑުކުރުމާއި، ޖެޓް ޕާކިންއަށް ހާއްސަކޮށް އޭޕްރައިން ޖާގެ އިތުރު ކުރުމާއި، ޖެޓް ފިއުލް ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި، ފްލައިން ސްކޫލެއް ގާއިމް ކުރުން ހިމެނެއެވެ. މިބައްދަލުވުމުގައި ފުވައްމުލަކު ސިޓީ އެއަރޕޯޓާއި އިންވެގެން ދެކުނަށް އޮންނަ ހުސްބިމުގައި ޓުވަރިޒަމް ޒޯނެއް ގާއިމް ކުރުމަށް ދެފަރާތުން ވަނީ އެއްބަސްވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *