Ad

ލުޓަން ބަލިކޮށް މެންޗެސްޓާރ ޔުނައިޓެޑް ތާވަލުގެ 6 ވަނައަށް

ޕްރިމިއަރ ލީގުގައި ރޭ ލުޓަން ޓައުން އާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކޮށްފިއެވެ. ލުޓަން ޓައުންގެ ދަނޑުގައި ރޭ ކުޅުނު މެޗު މެންޗެސްޓާ ޔުނައިޓެޑުން ކާމިޔާބު ކުރީ 2-1 ގެ ނަތީޖާ އަކުންނެވެ.

ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގެ ފުރަތަ ގޯލް ޔުނައިޓެޑުން ކާމިޔާބު ކުރީ މެޗުގެ ފުރަތަމަ މިނެޓުގައެވެ. ލުޓަން ގެ ފަހަތަށް ކުޅެމުން އަންނަ ކުޅުންތެރިއަކަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ މި ލަނޑު ޔުނައިޓެޑް އަށް ކާމިޔާބު ކޮށްދިނީ ހޮއިލަންޑްއެވެ. މެޗުގެ ހަތް ވަނަ މިނެޓުގައި ގާނަޗޯ ގޯލާ ދިމާއަށް ފޮނުވާލި ބޯޅައެއް މޭން ޖައްސާ ގޯލު ތެރެއަށް ވައްދާލައިގެން ދެވަނަ ގޯލުވެސް ޔުނައިޓެޑް އަށް ކާމިޔާބު ކޮށްދިނީ ހޮއިލަންޑްއެވެ.

މެޗު ފަށައިން މެންޗެސްޓާ ޔުނައިޓެޑް އިން ލީޑު ނެގި ނަމަވެސް މުޅި މެޗުގައިވެސް ގިނަވަގުތު ބޯޅަ ހިފަހަށްޓައިގެން ކުޅެފައި ވަނީ ލުޓަން އިންނެވެ. މިގޮތުން ފުރަތަމަ ހާފުގެ ސާދަ ވަނަ މިނެޓުގައި ލުޓަން ޓައުން އިން އެ ޓީމުގެ ގޯލު ކާމިޔާބު ކުރިއެވެ. މި ގޯލް އެ ޓީމަށް ކާމިޔާބުކޮށްދިނީ ކާލްޓަން މޮރިސްއެވެ.

ކުޅުނު 25 މެޗުން ލިބުނު 44 ޕޮއިންޓާއިއެކު މެންޗެސްޓަރ ޔުނައިޓެޑް އޮތީ ޓޭބަލްގެ 6 ވަނައިގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *