ގދ. ގައްދޫ އާއި ގދ.މާވަރުލު އެއަރޕޯޓް އެއްގަމު މަގުން ގުޅާލަދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ދެކުނުގެ ރަށްތަކަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގައްދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
މިޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ގައްދޫގެ ތަރައްޤީއަށް އެމަނިކުފާނު ވަޢުދުވެ ވަޑައިގެންނެވި އެންމެހައި ކަމެއް ވެ އެ ވަޢުދުތަކާއި އެއްގޮތަށް ފުއްދަވައި ދެއްވާނެ ކަމަށެވެ.
ރައީސް ގައްދޫ އަށް ވަޑައިގަތީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އެ ރަށުގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.