Ad

އިނގިރޭސި ލީގު ކަޕްގެ ޗެމްޕިއަންކަން ލިވަޕޫލުން ހޯދައިފި

ލީގު ކަޕް އެންމެ ގިނަ ފަަހަރު ހޯދުމުގެ ރެކޯޑް އޮތީ ލިވަޕޫލް އަތުގަ

އިނގިރޭސި ލީގު ކަޕްގެ ޗެމްޕިއަންކަން ލިވަޕޫލުން ހޯދައިފިއެވެ.

ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު ފައިނަލްމެޗް ލިވަޕޫލުން ކާމިޔާބުކުރީ ވާދަވެރި ޗެލްސީއާ ވާދަކޮށް 1-0 ލަނޑުން ކާމިޔާބުކޮށްގެންނެވެ. މެޗްގެ ހަމައެކަނި ގޯލް ޖެހީ މެޗްގެ 90 މިނެޓް ކުޅުން ނިމުނުއިރުވެސް އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހުމުން އިތުރު ވަގުތުގެ ދެ ވަަނަ ހާފުގައި ލިވަޕޫލްގެ ކެޕްޓަން ވާޖިލް ވެން ޑައިކެވެ. ދެވަނަ ހާފުގެ ކުޅުން ނިމެން 2 މިނެޓަށް ވެފައިވަނިކޮށް ވެންޑައިކް ބޮލުން މި ގޯލްޖެހީ ލިވަޕޫލަށް ލިބުނު ކޯނަރަކުންނެވެ. ލީގު ކަޕް އެންމެ ގިނަ ފަަހަރު ހޯދުމުގެ ރެކޯޑް އޮތީ ލިވަޕޫލް އަތުގަ އެވެ. މިއީ ލީގުކަޕްގެ ތަށި އެޓީމުން ހޯދި 10 ވަނަ ފަހަރެވެ. ލިވަޕޫލުން ލީގު ކަޕް ކާމިޔާބުކޮށްފައިވަނީ، 1981، 1982، 1983، 1984، 1995، 2001، 2003، 2012، 2022 އަދި 2024 ގަ އެވެ.

މިމެޗަށް ލިވަޕޫލް ނުކުތްއިރު އެ ޓީމަށް އަނިޔާގެ މައްސަލަ ވަނީ ވަރަށް ބޮޑަށް ކުރިމަތިވެފަ އެވެ. ގަވާއިދުން ފުރަތަމަ އެގާރައިގައި ކުޅެމުން އައި، 10 ވަރަކަށް ކުޅުންތެރިން ތިބީ އަނިޔާގަ އެވެ. މިގޮތުން އެންމެ މުހިންމު ކުޅުންތެރިންގެތެރޭގައި ހިމެނޭ މުހައްމަދު ސަލާހް، ޑާވިންގ ނޫނޭޒް، ޑިއެގޯ ޖޮޓާ، އާނޯލްޑް އަދި ކީޕަރު އެލިސަން ބެކާ ފަދަ ކުޅުންތެރިން އަނިޔާގެ ސަބަބުން މި މެޗްގައި ނުކުޅެއެވެ. މެޗްގެ ކޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޒުވާން ކުޅުންތެރިންތަކެއް ގޮވައިގެން ނަމޫނާ ދެއްްކި ކެޕްޓަން ވެންޑައިކެވެ.

މިއީ، މި ސީޒަނަށް ފަހު ލިވަޕޫލްގެ ކޯޗުކަން ދޫކޮށްލަން ނިންމާފައިވާ ޔާގެން ކްލޮޕް، އެ ޓީމަށް ހޯދައިދިން ދެ ވަނަ ލީގު ކަޕެވެ. މިއީ، ކްލޮޕް ލިވަޕޫލަށް ހޯދައިިދިން ހަތް ވަނަ ބޮޑު މުބާރާތެވެ.

ގުޅުންހުރި ލިޔުންތައް
ފޮޓޯ
ރަސްމީ ދަތުރުފުޅެއްގައި ފ.ނިލަންދޫއަށް ރައީސުލްޖުމްހޫރިއްޔާ މިރޭ ވަޑައިގަތުމުން އެ ރަށުގެ ރައްޔިތުން މަރްޙަބާ ދަންނަވަނީ. ރައީސް ނިލަންދޫއަށް ފައިބާވަޑައިގަތީ ވާރޭވެހެމުންދިޔަ ވަގުތެއްގައިކަމަށް ވީނަމަވެސް ގިނަ ޢަދަދެއްގެ ބަޔަކު އެމަނިކުފާނަށް މަރްޙަބާ ދެންނެވުމަށް ނުކުމެ ތިބި. މިރޭ ނިލަންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމީ ޖަލްސާގައި މުހިންމު މަޝްރޫޢުތަކެއް ރައީސް ވަނީ އިޢުލާންކުރައްވާފައި.
ފޮޓޯ
އައްޑޫ ސިޓީގައި ޤާއިމުކޮށްފައިވާ ފެން އުފައްދާ ނިޒާމު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގައި އިމާރާތްކުރުމާ ބިނާރާ ބެހޭ ވުޒާރާއާ، އެމްޑަބްލިއުއެސްސީ އިން މިއަދު ސޮއިކުރަނީ. 282 މިލިއަން ރުފިޔާގެ މި މަޝްރޫޢު 1 އަހަރުދުވަހުގެ ތެރޭގައި ނިމޭއިރު އައްޑޫ ސިޓީގެ އާބާދީއަށް ބޭނުންވާނެ މީރު ފެން އެ ސިޓީގައި އުފައްދަމުންދާނެ. އަދި ފެން އުފައްދާ ނިޒާމަށް ބާރު ބޮޑުވެ، މިހާރު ކުރިމަތިވަމުންދާ ދަތިތައް އެކީ ހައްލުވެގެން ދާނެ. އައްޑޫ ސިޓީގެ ތަރައްޤީއަށް ރައީސް ޑރ.މުޢިއްޒުގެ ސަރުކާރުން ބޮޑު އިސްކަމެއް ދަނީ ދެމުން.
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *