ރައްޔިތުންގެ މަޖިލީހުގެ އެއްމެ ބާރުގަދަ 2 ކޮމެޓީން އަޒާން ވަކިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އެއްމެ ބާރުގަދަ 2 ކޮމެޓީން އަޒާން ވަކިކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގު ވަކިކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އެއްމެ މުހިއްމު 2 ކޮމެޓީ ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އާއި 241 ކޮމެޓީގެ މެމްބަރު ކަމުންނެވެ.

އެ 2 ކޮމެޓީން އާޒާން ވަކިކުރެއްވުމަށްފަހު އަޒާން ފީއެންސީގެ ފަރާތުން އަޒާން ވަނީ ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކާ ބެހޭ ކޮމެޓީއާއި، ޕެޓިޝަން ކޮމިޓީ ގެ މެމްބަރުކަމަށް ހަމަޖައްސާފައެވެ. ރައްޔިތުންގެ މަޖިލީހުގެ އެންމެ މުހިއްމު 2 ކޮމެޓީން އަޒާން ވަކިކޮށްފައި މިވަނީ މިވަނީ ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކޯޓް ތަކާ ބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ވީޓް ނުދެއްވި މައްސަލާގައިކަމަށް ބެލެވެއެވެ. އެ މައްސަލާގައި މީގެ ކުރިން އަޒާން ވަނީ ޕީއެންސީގެ މެމްބަރުން ހިމެނޭ ވަޓްސްއެޕް ގްރޫޕުންވެސް ބޭރުކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އާއި 241 ކޮމެޓީން އަޒާން ވަކިކުރެއްވުމަށްފަހު އަޒާންގެ ބަދަލުގައި މާލިއްޔަތު ކޮމިޓީއަށް ހަމަޖައްސާފައި ވަނީ ހެންވޭރު އުތުރު ދާއިރާގެ ޕީއެންސީ މެންބަރު، އަހުމަދު އައިފާން އެވެ. އަދި 241 ކޮމިޓީއަށް ޕީއެންސީން ހަމަޖެއްސީގެ ފަރާތުން ހަމަޖައްސާފައިވަނީ ވިލިމާލެ ދާއިރާގެ މެންބަރު، މުހައްމަދު އިސްމާއިލް އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *