5.7 މިލިއަން ޑޮލަރުގެ ކުއްތާ އެއް އިންޑިއާ މީހަކު ގަނެފި

ކުއްތާ އަށް ލޯބިކުރާ ބެންގަލޫރު މީހަކު ގެނައި ކުއްތާ އަކީ ވަރަށް މަދުން ނޫނީ ނުފެންނަ ބާވަތެއް ކަމަށްވާ ވްލްފް ކުއްތާއެކެވެ. މިއީ ކަޑަބޮމްބް އޮކާމީ ނަމަކަށް ކިޔާ ވުލްފްޑޮގްއެއް ކަމަށާއި އެއީ ވުލްފް އަކާއި ކޮކޭޝިއަން ޝެފަޑްގެ މެދުގައި ވާ ކްރޮސްއެއް ކަމަށް ބުނެއެވެ. މި ބާވަތަކީ ދުނިޔޭގައި މަދުން ނޫނީ ނުފެންނަ ބާވަތެކެވެ. މި ކުއްތާ ގަތް ސަތީޝްގެ މިލްކިއްޔާތުގައި 150 ބާވަތުގެ ކުއްތާ ހިމެނެއެވެ.
ސޯޝަލް މީޑިއާގައި ވުލްފްޑޮގްގެ ވީޑިއޯއެއް ހިއްސާކުރަމުން އޭނާ ލިޔެފައި ވަނީ "އަހަރެންގެ ޝޯސްޓޮޕާ، މެޖެސްޓިކް ކެޑަބޮމްސް ވުލްފްޑޮގް ބަލާލަން އެއް ލައްކަ އަށް ވުރެ ގިނަ މީހުން ޖަމާވި" ކަމަށެވެ. މި ކުއްތާއަކީ ދުޅަހެޔޮ ބަނޑުހައިހޫނުކަމެއް ހުންނަ ކުއްތާއެއް ކަމަށާއި އޭގެ ކާނާއަކަށް ދުވާލަކު 3 ކިލޯގެ ރޯ މަސް ހިމެނޭ ޑައިޓެއް ވެސް ދެމުންދާ ކަމަށެއެވެ. ކެ

ނިއުސް އައުޓްލެޓް ސަން އާ ވާހަކަ ދައްކަމުން ސަތީޝް ބުނީ އެއީ ވަރަށް މަދުން ނޫނީ ނުފެންނަ ވައްތަރެއްގެ ކުއްތާއެއް ކަމަށެވެ. މި ބާވަތް މީގެ ކުރިން ދުނިޔޭގައި ވިއްކާފައެއް ނުވެއެވެ. މި ކުއްތާ އަކީ އެމެރިކާގައި ވިހާފައިވާ ކުއްތާއެއް ކަމަށާއި މިއީ އާދަޔާ ހިލާފު ކުއްތާއެއް ކަމަށެވެ.

އެހެންކަމުން އެކުއްތާ 5.7 މިލިއަން ޑޮލަރަށް ގަތީ، ކުއްތާތަކަށް ލޯބިކުރާތީ އާއި ޔުނިކް ކުއްތާތައް މިލްކުކޮށް އިންޑިއާއަށް ތައާރަފްކުރަން ލޯބިކުރާތީ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *