އެސްޓީއޯއިން ޕެޓްރޯލް ވިއްކާ އަގު ހެޔޮކޮށްފި

އެސްޓީއޯ އިން ވިއްކާ ޕެޓްރޯލުގެ އަގު ހެޔޮކޮށްފި އެވެ.

އެސްޓީއޯ އިން ބުނީ ތެލުގެ އަގު ހެޔޮކުރީ ދުނިޔޭގެ ބާޒާރުގައި ތެޔޮ ގަންނަން ލިބޭ އަގު ހެޔޮވުމުން ކަމަށާއި، އެގޮތުން ޕެޓްރޯލް ލިޓަރަކުން 48 ލާރި ކުޑަކޮށްފައި ވާކަމަށެވެ. އެހެންކަމުން މިހާރު ޕެޓްރޯލް ލިޓަރެއް ވިއްކާނީ 13.50 އަށް ކަމަށެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލާ އެއްގޮތަށް އެސްޓީއޯ އިން ތެޔޮ ވިއްކާ އަގަށް ދަނީ ބަދަލު ގެންނަމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން އެސްޓީއޯއިން ޕެޓްރޯލް ލީޓަރެއް ވިއްކަމުން އައީ 13.98 އަށެެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *