އަލަށް އުފެއްދި ޑިވެލޮޕްމަންޓް ބޭންކުގެ އެމްޑީ އިސްތިއުފާ ދީފި

ރާއްޖޭގެ އަލަށް އުފެއްދި ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) ގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ނޮއެލް ގްރެގާ ޕެޓަސަން-ޖޯންސް އިސްތިއުފާ ދެއްވައިފި އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ރައީސް ޑރ. މުއިއްޒު ހުޅުއްވައިދެއްވި ޑިވެލޮޕްމްޓް ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭ ތަރައްގޯީއާއި އިގްތިސާދީ މަޥްރޫއުތަކަށް ފަނޑު ހޯދައިދީ ވިޔާފާރިތަށް ކުރިއެރުވުމަށް ސަރުކާރުން އެކަށައަޅާފައިވާ އިގްތިސާދީ ސިޔާސަތުގެ ވަރަށް މުހިމްމު އެއް ބައެވެ. އެ ގޮތުން އެ ބޭންކުގެ ޑީބީއެމް ހިންގަން ބޭނުންވާ ލައިސެންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން 13 އޮކްޓޯބަރު 2024 ގައި ދޫކުރުމާއެކު ބޭންކުގެ މަސައްކަތް ފަށައިގަތުމަށްޓަކައި އެ ބޭންކަށް މެނޭޖިންޣ ޑިރެކޓަރ އަދި ސީއީއޯ ގެ މަގާމަށް ނޮއެލް ގްރެގާ ޕެޓަސަން-ޖޯންސް އައްޔަނު ކުރެވުނެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ބުނީ ޑިވެލޮޕްމަންޓް ބޭންކު އޮފް މޯލްޑިވްސް (ޑީބީއެމް) ގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރ ކަމުގެ މަޤާމުގައި ހުންނެވި މރ. ނޮއެލް ގްރެގަރ ޕެޓަރސަން-ޖޯންސް އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާތީ، އެ ބޭފުޅާގެ އިސްތިއުފާ ޤަބޫލުކޮށް އެ މަޤާމުން ވަކި ކޮށްފައިވާ ކަމަށެވެ.

އިނގިރޭސިވިލާތުގެ ރައްޔިތެއް ކަަމަށްވާ ނޮއޮލް އަކީ ބޭންކިންގެ ދާއިރާގެ 28 އަހަރުގެ ތަޖުރިބާ ލިބިލައްވާފައިވާ ބޭފުޅެކެވެ. ނޮއެލް ފުރަތަމަ ޑިގްރީ ސައުތުއެފްރިކާއިން ހާސިލްކުރެއްވުމަށްފަހު މާސްޓަރށް ހެއްދެވީ އޮކްސްފޯޑް ޔުނިވާސިޓީންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *