Ad
ކޮވިޑުގެ ބަލި މީހަކަށް ފަރުވާކުރަނީ. ފޮޓޯ:އެޗް.އީ.އޯ.ސީ
ކޮވިޑުގެ ބަލި މީހަކަށް ފަރުވާކުރަނީ. ފޮޓޯ:އެޗް.އީ.އޯ.ސީ

1،776 ސާމްޕަލްގެ ތެރެއިން މިއަދު ޕޮޒިޓިވްވީ 27 މީހުން

ބަލި ޖެހުނު މީހުންގެ ތެރެއިން މިހާރު ބައްޔަށް ފަރުވާކުރަނީ، 820 މީހުންނަށް

 

 

މިއަދު ނެގި 1،776 ސާމްޕަލްގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވި 27 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހާމަކޮށްފިއެވެ.

އެޗް.ޕީ.އޭއިން ބުނީ، މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ގްރޭޓަރ މާލެ ސަރަހައްދުން ޕޮޒިޓިވްވި 18 މީހުންނާއި، ރަށްރަށުން ޕޮޒިޓިވްވި 9 މީހުން ކަމަށެވެ.  މި މީހުންގެ ތެރޭގައި ހިމެނެނީ، 16 ދިވެހިންނާއި، 11 ބިދޭސީންނެވެ.

ރާޢްޖެއިން މިއަދު ޕޮޒިޓިވްވި މީހުންނާއިއެކު ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދުވަނީ، 11،643 އަށް އަރާފައެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން މިހާރު ބައްޔަށް ފަރުވާކުރަނީ، 820 މީހުންނެވެ. މީގެތެރެއިން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާކުރަނީ، 54 މީހުންނެވެ.

ރާއްޖެއިން ކޮވިޑު ޖެހުނު މީހުންގެ ތެރެއިން  10،779 މީހުން ވަނީ ބަލިން ރަގަޅުވެފައެވެ. އަދި 37 މީހުންވަނީ މަރުވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *