Ad

ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލުމަށް އޮސްޓްރޭލިއާގެ ފަންނީ އެހީ

ރާއްޖޭގެ ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލަން އޮސްޓްރޭލިއާއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަލީ ހައިދަރު އެވެ.

އެ އެއްބަސްވުމުގެ ދަށުން އޮސްޓްރޭލިއާއިން ފޯރުކޮށްދޭނީ ފަންނީ ލަފާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވެ އެވެ.

ހައިސިން މިނިސްޓްރީން އެކުލަވާލަން ނިންމާފައިވަނީ 20 އަހަރުގެ ޕްލޭންއެކެވެ. އެއާ ގުޅޭ އިތުރު ތަފްސީލެއް މިނިސްޓްރީން ނުދެ އެވެ.

އޮސްޓްރޭލިއާއިން މީގެ ކުރިން ވަނީ އެކި ދާއިރާތަކުން ރާއްޖެއަށް އެހީ ދީފަ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *