Ad

ތާޖް މަހަލް ބައްލަވާ ލެއްވުމަށް ރައީސް އާގަރާއަށް

ތާޖް މަހަލް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާގްރާއަށް ވަޑައިގެންފި އެވެ.

ރައީސް އާގްރާއަށް ވަޑައިގެންނެވީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. ރައީސްގެ އަރިހުގައި އެމަނިކުގާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މިއަދުގެ ވަގުތެއްގައި ރައީސް މުއިއްޒު ތާޖް މަހަލް ބައްލަވާލެއްވުމަށް ވަޑައިގަންނަވާނެ އެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި މިހާރު ވަނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދަ މޯދީ އާއި އިންޑިއާގެ ރައީސް ދުރޫޕަތީ މުރުމޫ އާއި އިންޑިއާގެ ނައިބު ރައީސް ޖަގްދީބް ދަންކަރް އާއި އެގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް. ޖައިޝަންކަރާ ބައްދަލު ކުރައްވާފަ އެވެ. މީގެ އިތުރުން ދެގައުމުގެ ދެމެދުގައި ގުޅުން ބަދަހިކޮށް އެއްބާރުލުން ދިނުމަށް އެއްބަސްވުންތަކެއްގައިވެސް ވަނީ ސޮއިކޮށްފަ އެވެ. އަދި އިންޑިއާގެ އެހީގައި ނިންމާފައިވާ މަޝްރޫތައް ދިވެހި ސަރުކާރާ ހަވާޅު ކުރުންވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.

ރައީސް މުއިއްޒު އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް އެނބުރި ރާއްޖެއަށް ވަޑައިގަންނަވާނީ މިމަހުގެ 10 ވަނަ ދުވަހު އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *