Ad

ރައީސްގެ ދެކަނބަލުން ބެންގަލޫރުގައި؛ މިއީ ދަތުރުފުޅުގެ ފަހު ސިޓީ

މިހާރު އިންޑިޔާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އިންޑިއާގެ މުމްބާއީއަށް ކުރެއްވި ދަތުރުފުޅު ކުރު ކުރެއްވުމަށްފަހު މިއަދު އިންޑިއާގެ ބެންގަލޫރަށް ވަޑައިގެންފި އެވެ.

ރައީސް ބެންގަލޫރަށް ވަޑައިގަތީ އިންޑިއާ ގަޑިން ހެނދުނު 10:20 ގަ އެވެ. މި ދަތުރުފުޅުގައި ބެންގަލޫރުގެ ގަވަރުނަރު، އިންވެސްޓަރުންނާއި އެތަނުގައި އުޅޭ ދިވެހިންނާއި ރައީސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައި ވެއެވެ. ރާއްޖޭގެ އިގްތިސާދަށް ހާއްސަ އިވެންޓްތަކުގައި ރައީސް ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައި ވެއެވެ. މިއީ ރައީސް ވަޑައިގަންނަވާ އިންޑިއާގެ އެންމެ ފަހު ސިޓީ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.  ރައީސްގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައި އާދީއްތަ ދުވަހު ވަޑައިގަތީ އިންޑިޔާގެ ނިއު ދެއްލީއަށެވެ. ތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް އެނބުރި ރާއްޖެއަށް ވަޑައިގަންނަވާނީ މިމަހުގެ 10 ވަނަ ދުވަހު އެވ

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *