Ad

ރައްޔިތުންގެ ކަންކަން ފަހިކުރެވޭ ގޮތަށް އަޅުގަނޑުމެންނަށް އެހީތެރިކަން ދޭ ހުރިހާ ގައުމުތަކާ އެކު ވެސް ގާތް ގުޅުން ބާއްވާނެ: ރައީސް

މި ސަރުކާރުގެ ހާރިޖީ ސިޔާސަތު ބަދަލުނުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ބެންގަލޫރަށް ވަޑައިގެން ދިވެހީންނާއި ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އަޅުގަނޑުމެންނަށް އެންމެ މުހިންމުކަމަކީ އަޅުގަނޑުމެންގެ ގައުމިއްޔަތު ކަމަށެވެ.

އެގޮތުން އަޅުގަނޑުމެންގެ ދިވެހި ބަހާއި އިސްލާމްދީނުގެ މުހިންމުކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

އަދި އިއުލާންކުރި ވިޝަން ޑޮކިއުމަންޓްގައި އެކަންކަމަށް ބުރޫއަރާނެ އެއްވެސް ކަމެއް ހިމަނާފައި ނޯންނާނެ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެހެންކަމުން މި ސަރުކާރަކީ ވަރަށް ދެފުށް ފެންނަކޮށް ހިނގާ ސަރުކާރެއް ކަމަށާއި އަދި ދަތުރުފުޅުގައި އިއުލާން ކުރެއްވި "ވިޝަން ފޯ ކޮމްޕްރިހެންސިވް ޕާޓްނާޝިޕް އޮން އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ" ޑޮކިއުމަންޓްއަކީ ފެންނަން އޮންނަ އެއްޗަކަށްވާ އިރު އެ ޑޮކިއުމަންޓް ބައްލަވާލެއްވުމަށް ވެސް ރައީސް ގޮވާލެއްވި އެވެ.

"އެހެންވީމާ އަޅުގަނޑު އެދެނީ ހުުރިހާ ލޮބުވެތި ރައްޔިތުންވެސް މި ކަންކަމުގައި ހަގީގަތް ބައްލަވައިގެން އަޅުގަނޑުމެންގެ މި ދެފުށް ފެންނަ ދެގޮތެއް ނުވެ އަބަދުވެސް އެންމެ ފުރަތަމަ ދުވަހު އިއުލާންކުރި ގޮތަށް މިއަދާ ހަމައަށް އޮތް ހާރިޖީ ސިޔާސަތުގެ ކަންކަން އަމިއްލަފުޅަށް ދެނެވަޑައިގަތުމަށް" ރައީސް ވިދާޅުވި އެވެ.

ހަމަ އެހެންމެ އެހެން ބަޔަކު ދައްކާ ވާހަކައަކަށް އަޅުގަނޑުމެންގެ ކަންކަމުގައި ފިކުރު ނުކުރެއްވުމަށާއި ހަގީގަތް އޮތ ސާފުކޮށްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ރައްޔިތުންގެ ކަންކަން ފަހިކުރެވޭ ގޮތަށް އަޅުގަނޑުމެންނަށް އެހީތެރިކަން ދޭ ހުރިހާ ގައުމުތަކާ އެކު ވެސް ގާތް ގުޅުން ބާއްވާނެ ކަމަށެވެ.

އަދި އެ  ގާތްގުޅުން ބާއްވާއިރުގައި އަޅުގަނޑުމެންގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލް ހިމާޔަތްވާކަން އަބަދުމެ ކަށަވަރު ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *