Ad

އިންޑިއާއަށް ކުރެއްވި ކާމިޔާބު ދަތުރުފުޅަށް ފަހު ރައީސް މާލެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފާއި ވަޒީރުންނާއި ސަރުކާރުގެ އިސްވެރިންނެވެ.

ރައީސްގެ ދެ ކަނބަލުން މިމަހުގެ ހަވަނަ ދުވަހު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ވެރިރަށް ނިއުދިއްލީއާއި ވިޔަފާރީގެ މައި ރަށް މުމްބާއީގެ އިތުރުން ބެންގަލޫރަށް ވަޑައިގެން ބިޒްނަސް ފޯރަމްތައް ބާއްވަވާ ރާއްޖޭގައި ހުރި ފުރުސަތުތައް އޮޅުން ފިލުއްވައިދެއްވި އެވެ.

ރައީސްގެ މިދަތުރުފުޅުގައި ވަޑައިގެންނެވި ސިޓީތަކުގައި ދިރިއުޅޭ ދިވެހިންނާ ވެސް ބައްދަލުކުރެއްވި އެވެ.

މީގެއިތުރުން ރައީސްގެ މިދަތުރުފުޅުގައި އިންޑިއާގެ ރައީސް އާއި ނައިބް ރައީސް އާއި ބޮޑުވަޒީރާއި އިންޑިއާގެ އެކި ސްޓޭޓްތަކުގެ އިސްވެރިންނާ ސަރުކާރުގެ އެކި ފަންތީގެ ބޭފުޅުންނާވެސް ބައްދަލުކުރައްވާފައިވެ އެވެ.

ރައީސްގެ މިދަތުރުފުޅުގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު މުހިއްމު ފަސް އެއްބަސްވުމެއްގައިވެސް ސޮއި ކޮށްފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *