Ad
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށަހަޅައިފި

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މިބަޖެޓާއި ގުޅޭ ތަފްސީލެއް ސަރުކާރުން އަދި ހާމައެއް ނުކުރެއެވެ.

ފިނޭންސް މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ، އަންނަ އަހަރަށް ލަފާކުރާ ބަޖެޓު މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ބަޖެޓާއި ގުޅޭ އިތުރު ތަފްސީލްތައް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު މަޖިލީހަށް ބަޖެޓް ސްޓޭޓްމަންޓް ހުށަހަޅުއްވާއިރު ދެއްވާނެ ކަމަށެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅުމަށް ހަމަޖެހިފައިވަނީ، ގާތްގަނޑަކަށް 35 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށް މީގެކުރިން ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ.

އަންނަ އަހަރުގެ ބަޖެޓު މަޖިލީހަށް ހުށަހަޅާފައިވާއިރު، މި އަހަރަށް މަޖިލީހުން ފާސްކޮށްފައިވަނީ 37.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ކޮވިޑާއި ގުޅިގެން ކުރިމަތިވި ހީނަރުކަމުގެ ސަބަބުން ދައުލަތުގެ ބަޖެޓް ރިވައިސްކުރުމަށްފަހު އަލުން ވަނީ މަޖިލީހަށް ހުށަހަޅާފައެވެ.

މާލިއްޔަތު ޤާނޫނުގައި ބުނާގޮތުން ކުރިއަށް އޮންނަ އަހަރަށް ލަފާކުރާ ބަޖެޓް، ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުގެ 31 ގެ ކުރިން ސަރުކާރުން މަޖިލީހަށް ހުށައަޅަން ޖެހެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *