ނަސޭހަތް ދިނުން، ދީނަށް ގޮވައިލުން މިއީ އެއްފަހަރު ދެފަހަރު ކުރަންޖެހޭ ކަމެއް ނޫނެވެ. އަދި ދުވަހަކުވެސް ހުއްޓާލަން ޖެހޭ ކަމެއްވެސް ނޫނެވެ.
ނޫޙުގެފާނުގެ އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ރެއާއި ދުވާލު ދީނަށް ގޮވައިލެއްވުމުގައި 950 އަހަރު ވަންދެން ދެމިހުންނެވިއެވެ.
ނަސޭހަތް ދިނުމާއި ދުޢާކުރުމުގައި ދެމި ހުންނަވާށެވެ. އޭރުން ތިބާގެ ވާޖިބު ތިބާއަށް އަދާކުރެވުނީއެވެ. އަދި ޤިޔާމަތް ދުވަހު ސަލާމަތްކަން ހޯދުނީއެވެ.
އައްޝައިޚް މުޙައްމަދު ޝާފިޢު