ފަލަސްތީނުގެ ދުޝްމަނުން ނެތިކުރެއްވުމަށް ހައްޖު ހުތުބާގައި ދުޢާ ކޮށްފި

ފަލަސްތީނުގެ ދުޝްމަނުން ނެތިކުރެއްވުމަށް ހައްޖު ހުތުބާގައި ދުޢާ ކޮށްފި އެވެ.

ފަލަސްތީނުގެ ބިމަށް ވެރިވެގަނެ ޔަހޫދީ ދައުލަތެއް އުފައްދައި ފަލަސްތީނުގެ ރައްޔިތުންނަށް ފަލަސްތީނުގެ ބިމުން އަނިޔާވެރިކަމާ އެކު ބޭރުކުރުމަށްޓަކައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލު އާންމުތަކާ ގުޅިގެން ދުޝްމަނުން ނެތި ކުރެއްވުމަށް އެދި މިއަދުގެ ހައްޖު ހުތުބާގައި ދުޢާ ކޮށްފައެވެ.

އަރަފާތު ދުވަހުގެ ހުތުބާގައި މަސްޖިދުލް ހަރަމްގެ އިމާމް ޝައިޚް ޑރ. ސާލިހް ބިން އަބްދުﷲ ބިން ހުމައިދު ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވެ، ފަލަސްތީނުގައި ޝަހީދުވަމުންދާ އެންމެނަށް ފާފަފުއްސަވައި އަނިޔާ ލިބެމުންދާ އެންމެހާ ފަރާތްތަކަށް އަވަޝް ޝިފާއަކަށްވެސް އެދި ދުޢާ ދަންނަވައިފައެވެ.

އިޒްރޭލުން ފަލަސްތީނަށް އެންމެފަހުން ހަމަލާ ދޭންފެށިފަހުން އެ ހަމަލާތަކުގައި ގާތްކގަނޑަކަށް  50،000މީހުން ވަނީ ޝަހީދުވެފަ އެވެ.

މިއަދުގެ ހުތުބާގައި ޝައިޚް ސާލިހް ވަނީ އިސްލާމީ އުންމަތަށް ތަގުވާވެރިކަމުގެ މުހިންމުކަން ހަނދާންކޮށްދެއްވައި އިމާންތެރިކަން އިސްކޮށްފިނަމަ ބޭއިންސާފާއި ޝިރުކުން ސަލާމަތްވާނެ ކަމަށާއި އެފަދަ މީހުންނަކީ ސީދާ ތެދުމަގާއި ﷲ ގެ ރައްކާތެރިކަން ލިބިގެންވާ މީހުން ކަމަށް ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *