Ad

ސިޔާސީ ވާދަވެރިއަކަށްވީތީ މިސަރުކާރުން އެމީހަކު ޖަލަކަށްނުލާނެ: ރައީސް

ސިޔާސީ ވާދަވެރިއަށްވީތީ ޖަލަށްލާތަން ދެން ނުފެންނާނެ ކަމަށާއި ރިޔާސީ ކޮމިޝަންތައް ހަދައިގެން ސިޔާސީ މީހުންގެ ފަަހަތުން ނުދުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރޭ ދަރުބާރުގޭގައި ބޭއްވި ޖުމްހޫރީ ފުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ އެމަނިކުފާނު ހުވާކުރެއްވި ވަގުތުން ފެށިގެން އެކަން ނިމުމަކަށް ގެނެވިއްޖެ ކަމަށެވެ.

އެމަނިކުފާނުގެ ސިޔާސީ ވާދަވެރިއަށްވީތީ ޖަލަށްލީތަން ވޭތިވެދިޔަ އަހަރުގެ ތެރޭގައި ފެނިފައި ނުވާނެ ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް ނުފެންނާނެ ކަމަށް ވިދާޅުވިއެވެ

ރައީސް ވިދާޅުވީ ރާއްޖޭގައި ޒަމާނުންސުރެ އޮތް ސިޔާސީގޮތުން ބަދަލުހިފުމުގެ ރޫހު ނައްތާލެވިފައިވާ ކަމަށެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި އިތުރަށް ފާހަގަކުރެއްވީ ކުރީގެ ސަރުކާރު ތަކުން އެކި ނަންނަމުގައި ރިޔާސީ ކޮމިޝަން ތައް ހައްދަވައިގެން ސިޔާސީ މީހުންގެ ފަހަތުން ގޮސްފައިވާކަމަށާއި ނަމަވެސް މި ސަރުކާރުން އެކަންވެސް ނުކުރައްވާނެ ކަމަށެވެ.

އެމަނިކުފާނުގެ ވާހަކަ ފުޅުގައި ވިދާޅުވީ ސިޔާސީ ވާދަވެރިކަމުގައި ބަދަލު ހިފުމުގެ ގޮތުން މީހުން ފްރޭމްކޮށްގެންނާއި އެކިއެކި ގޮތް ގޮތުން އަނިޔާވެރިކަމާއި އެކު ހައްޔަރުކޮށް ޖަލަށްލާފައިވާ ކަމަށާއި އެކަމުގައި ތިމާގެ މީހެއް އެކުވެރިއަކަށް ވެސް އޭރު ބަލާފައި ނުވާ ކަމަށާއި އެގޮތުން ސިޔާސީ ގޮތުން ވާދަވެރިއެއްކަމަށް ހީވާ މީހެއްވެއްޖެޔާ އެމީހަކު ދުރަށްލާ އެމީހަކަށް އަނިޔާވެރިވެފައިވާކަމަށެވެ. އެހެންކަމުން އެފަދަ ކަންކަން ކުރުން މި ވެރިކަމާއެކު ތާއަބަދަށް ނިމިގެން ގޮސްފައިވާކަމަށްވެސް ރައީސް ޑރ.މުއިއްޒު ވިދާޅުވި އެވެ.

ނަމަވެސް ނުހައްގުން ދައުލަތުން ފައިދާ ހޯދާ ދައުލަތުން ވައްކަން ކުރި މީހުންގެ މައްސަލަ އެކަމަށް ކަނޑައެޅިފައިވާ މިނިވަން މުއައްސަސާތަކުގެ ތެރެއިން ބަލާނެ ކަމަށްވެސް ރައީސް ޑރ.މުއިއްޒު ވިދާޅުވި އެވެ. އެގޮތުން އެކަންކަން ބަލާނީ  ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިިހާރު ސަރުކާރުން ޝަރުއީ ނިޒާމަށް ނުފޫޒު ނުފޯރުވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާކަމެވެ. އޭގެ ބަދަލުގައި ކޯޓުތަކަށް ބޭނުންވާ ވަސީލަތްތައް ގާއިމްކޮށްދިނުމުގައި ސަރުކާރުން އިސްކަން ދެއްވާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *