Ad

ކުރިއަށް އޮތް ދެ އަހަރަކީ ވައުދުތައް ފުއްދަވާނެ ދެ އަހަރު ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެ

ކުރިއަށް އޮތް ދެ އަހަރަކީ ވައުދުތައް ފުއްދަވާނެ ދެ އަހަރުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ އއ. އަދި ކ. އަތޮޅުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކ. ހުރާއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މިއަހަރު މިދިޔައީ ނިމިދިޔަ މަޖިލީހުން މި ސަރުކާރަށް ޖެއްސުމަށް ބަޖެޓު ފާސް ކުރުމުން މާ ބޮޑު ކަމެއް ނުކުރެވި ކަމަށެވެ. އަދި ސަރުކާރާ ހަވާލުވި އިރު އިގްތިސޯދީ ގޮތުން އަނދަވަޅުގަނޑެއްގައި އޮތްކަންވެސް ރައީސް ފާހަގަ ކުރެއްވި އެވެ.

ކުރިއަށް އޮތް ދެ އަހަރުގެ ޕްލޭނަކީ ރައްޔިތުން އެދޭ ގޮތަށް އެމަނިކުފާނުގެ ވައުދުފުޅުތައް ފުއްދެވުންކަމަށް ރައީސް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ މިއަންނަ އަހަރު ގިނަ މަޝްރޫތައް ފެށޭނެ. މި އަންނަ އަހަރު ނުފެށޭ މަޝްރޫތައް ދެން އަންނަ އަހަރު ފެށި އިރާދަކުރެއްވިއްޔާ މި ދެ އަހަރު ވެގެން ދާނީ އަޅުގަނޑު އިންތިހާބުގަ ވެފަ ހުރި ވައުދުތައް އަމަލީ ގޮތުން ފުދިގެން ދާ ދެ އަހަރަށް،" ރައީސް ވިދާޅުވިއެވެ.

އިގްތިސޯދު ހަމައަކަށް އެޅުވުމަށްޓަކައި މިއަހަރުގެ ތެރޭގައި ވަރަށް ގިނަ ކަންކަން ކުރެވިފައިވާނެ ކަމަށާއި މި މަސައްކަތް ކޮށްފައިވަނީ ފައިސާ ޗާޕުނުކޮށްކަން ރައީސް ފާހަގަ ކުރެއްވި އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *