Ad

ކްރިމިނަލް ކޯޓުގެ މުއްދަތު ޖެހުމުގެ މަޖިލީސް ކުރިއަށް ގެންދާގޮތާއި ގުޅޭގޮތުން މަޢުލޫމާތު ހޯދަނީ

ކްރިމިނަލް ކޯޓުގެ ބަންދާމެދު ގޮތެއް ނިންމާ މަޖިލީސްތައް ކުރިއަށް ގެންދާގޮތާއި ގުޅޭ މަޢުލޫމާތު ހޯދައި ދިރާސާކުރުމަށް ޖުޑިޝަލް ސާރވިސް ކޮމިޝަނުން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ބޭއްވި އެކޮމިޝަންގެ 80 ވަނަ ބައްދަލުވުމުގައި ވަނީ، ކްރިމިނަލް ކޯޓުގައި ހިންގާ ބަންދާމެދު ގޮތެއް ނިންމުމަށް ބާއްވާ މަޖިލިސްތަކަށް ފަނޑިޔާރުން ހަމަޖެއްސުމުގައި އަމަލުކުރާ އުޞޫލާއި، އެ މަޖިލިސްތައް ޝެޑިއުލް ކުރުމާއި ގުޅޭ މައުލޫމާތު ހޯދުމަށް ނިންމާފައެވެ.

އަދި އެޝެޑިއުލާ އެއްގޮތަށް ޝަރީއަތަށް ޙާޒިރުވުމަށް ފަނޑިޔާރުން އުޒުރުވެރިވާ ހާލަތްތަކުގައި ފަނޑިޔާރުން އަމަލުކުރުމަށް ކަނޑައަޅާފައިވާ ގޮތާއި، ބަންދާއި މެދު ގޮތެއް ނިންމާ މަޖިލިސްތަކަށް ހަމަޖެހިފައިވާ ފަނޑިޔާރުން ބަދަލުކުރުމުގައި ޢަމަލުކުރާގޮތުގެ އުޞޫލާ ގުޅޭ މަޢުލޫމާތު ހޯދައި ދިރާސާކުރުމަށްވެސް ނިންމާފައިވެއެވެ.

މިހާރު ކުރިމިނަލް ކޯޓުގައި މުއްދަތު ޖެހުން ކުރިއަށްދަނީ މެންދުރު ފަހު އެކެއްގެ ފަހުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *