ދިވެހި ރާއްޖޭގެ ސުކޫކުގެ އަގު މަތިވެއްޖެ

ދިވެހި ރާއްޖޭގެ ސުކޫކުގެ އަގު މަތިވެއްޖެކަމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އިން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ ދިވެހިރާއްޖޭގެ އިޤްތިސާދަށް އައި ކުރިއެރުމާއި ގުޅިގެން ބައިނަލްއަޤްވާމީ ބާޒާރުގެ އިތުބާރު ހުރި މިންވަރު ދައްކައިދޭ ސުކޫކް64.72 އެމެރިކާ ޑޮލަރުން 87.44 އެމެރިކާ ޑޮލަރަށް އަރާފައިވާ ކަމަށެވެ. މި ކުރިއެރުމަކީ އެޕްރީލް މަހާ އަޅާ ބަލާއިރު ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ބައިނަލްއަޤްވާމީ ފަރާތްތަކާއެކު ޕާޓްނަރޝިޕްތައް ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުން އަންނަ ހަރުދަނާ މަސައްކަތްތަކާއެކު ރީފައިނޭންސިން ޕެކޭޖެއް ހަމަޖެއްސުމުގައި ބައިލެޓަރަލް ޕާޓްނަރުންނާއެކު ކާމިޔާބު މަޝްވަރާތަކެއް ހިންގަމުން އަންނަ ކަމަށާއި، އެގޮތުން ސްކޫކްގެ އަގު މައްޗަށް ދިއުމަކީ ސަރުކާރުގެ މާލީ ސިޔާސަތުތަކާއި ރާއްޖޭގެ އިޤްތިސާދީ އަސާސްތައް ހަރުދަނާ ކުރުމަށް ގެންގުޅޭ އުސޫލު ދައްކައިދޭ ކަމެއްގެ ގޮތުގައި ވެސް އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *