ހަތް ފަހަރު اللَّهُمَّ أَجِرْنِي مِنَ النَّارِ ކިޔަން އޮންނަ ޙަދިޘަކީ ޞައްޙަ ޙަދީޘެއްތޯ؟

ތިޔަ ޙަދީޘް ރިވާކުރައްވާފައިވަނީ އިމާމު އަޙްމަދު އެކަލޭގެފާނުގެ މުސްނަދުގައެވެ. އިމާމު އަބޫދާއޫދުވެސް ތިޔަ ޙަދީޘް ރިވާކުރައްވާފައިވެއެވެ.

އެ ޙަދީޘްގައިވަނީ މިފަދައިންނެވެ.
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

إِذَا صَلَّيْتَ الصُّبُحَ فقُلْ قَبْلَ أَنْ تُكَلِّمَ أَحَدًا مِنَ النَّاسِ : اللَّهُمَّ أَجِرْنِي مِنَ النَّارِ ، سَبْعَ مَرَّاتٍ ، فَإِنَّكَ إِنْ مِتَّ مِنْ يَوْمِكَ ذَلِكَ كَتَبَ اللهُ لَكَ جِوَارًا مِنَ النَّارِ ، وَ إِذَا صَلَّيْتَ الْـمَغْرِبِ فَقُلْ قَبْلَ أَنْ تُكَلِّمَ أَحَدًا مِنَ النَّاسِ ، اللَّهُمَّ إِنِّي أَسْأَلُكَ الْـجَنَّةَ اللَّهُمَّ أَجِرْنِي مِنَ النَّارِ ، سَبْعَ مَرَّاتٍ ، فَإِنَّكَ إِنْ مِتَّ مِنْ لَيْلَتِكَ كَتَبَ اللهُ لَكَ جِوَارًا مِنَ النَّارِ – رواه الإمام أحمد في المسند ( 17362 ) وأبو داود ( 5079 )

“ތިބާ ފަތިސް ނަމާދުކޮށްފިނަމަ، އެއްވެސް މީހަކާ އަނގައިން ބުނުމުގެ ކުރިން ހަތްފަހަރު اللَّهُمَّ أَجِرْنِي مِنَ النَّارِ ކިޔުމުން، އެދުވަހުގައި ތިމާ މަރުވެއްޖެނަމަ، ފަހެ ތިބާ ނަރަކައިން މުއްތިވުން ﷲ ތަޢާލާ ލިޔުއްވާނެތެވެ. އަދި މަޣްރިބް ނަމާދުކޮށް އަވަދިވެގެން، މީހަކާ އަނގައިން ބުނުމުގެ ކުރިން 7 ފަހަރު اللَّهُمَّ إِنِّي أَسْأَلُكَ الْـجَنَّةَ اللَّهُمَّ أَجِرْنِي مِنَ النَّارِ ކިޔައިފިނަމަ، އެރޭ ތިބާ މަރުވެއްޖެއްޔާ ﷲ ތަޢާލާ ތިބާ ނަރަކައިން މުއްތިވުން ﷲ ތަޢާލާ ލިޔުއްވާނެތެވެ.
މި ޙަދީޘަކީ ޟަޢީފު ޙަދީޘެކެވެ. ބައްލަވާ “السلسلة الضعيفة” للشيخ الألباني رحمه الله 1624
އެހެންކަމުން ފަތިސް ނަމާދުގެ ފަހުގައި އަދި މަޣްރިބް ނަމާދުގެ ފަހުގައި މި ދުޢާ ކިޔާކަށް ނުޖެހޭނެއެވެ.
ސުވަރުގެ ދެއްވުން އެދި ދެންނެވުމާއި، ނަރަކައިން މިންޖުކުރެއްވުން އެދި ދެންނެވުމާ ގުޅޭގޮތުން ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހުން ޞައްޙަ ޙަދީޘެއް ވާރިދުވެފައިވެއެވެ.

عَنْ أَنَسٍ رَضِيَ اللُه عَنْهُ ، قَالَ : قَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ : ” مَنْ سَأَلَ اللهَ الْـجَنَّةَ ثَلَاثَ مَرَّاتٍ قَالَتْ الْـجَنَّةَ اللَّهُمَّ أَدْخِلْهُ الْـجَنَّةَ ، وَمَنْ اسْتَجَارَ مِنَ النَّارِ ثَلَاثَ مَرَّاتٍ قَالَتِ النَّارُ اللَّهُمَّ أَجِرْهُ مِنَ النَّارِ” . رواه الترمذي ( 2572 ) وابن ماجه ( 4340 ) ، وهو حديث صحيح ، صححه الشيخ الألباني رحمه الله في ” صحيح الجامع ” ( 6275 ) .

އަނަސް ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ސުވަރުގެ ދެއްވުން އެދި ތިންފަހަރު ﷲ އަށް ދަންނަވައިފި މީހަކަށް، ސުވަރުގެ ދަންނަވާނެއެވެ. ޔާ ﷲ އެވެ. އޭނާ ސުވަރުގެ ވައްދަވާދޭނވެ. އަދި ތިންފަހަރު، ނަރަކައިން މުއްތިކުރެއްވުމަށް އެދި ރައްކާތެރިކަމަށް އެދުނުމީހާއަށް ނަރަކަ ދަންނަވާނެއެވެ. ޔާ ﷲ އޭނާ ނަރަކައިން މިންޖުކުރައްވާދޭނވެ”
މި ޙަދީޘްގައި ސުވަރުގެ ދެއްވުން އެދި ދެންނެވުމަށާއި، ނަރަކައިން ނަޖާކުރެއްވުން އެދި ދެންނެވުމަށް އައިސްފައިމިވަނީ ވަކި ނަމާދެއް ޚާއްޞަނުކޮށް، އަދި ވަކި ވަޤުތެއް ޢައްޔަންވެސް ނުކޮށެވެ.
ސުވަރުގެ ދެއްވުން އެދި ގިނަގިނައިން ދެންނެވުމާއި، ނަރަކައިން ނަޖާކުރެއްވުން އެދި ގިނަގިނައިން ދެންނެވުމަކީ މުސްތަޙައްބު ކަމެކެވެ. އެއީ ވަކި ނަމާދެއް ވަކި ވަގުތެއް އެކަމަށް ޚާއްޞަކުރުމަކާ ނުލައެވެ.
https://islamqa.info/ar/answers/6544

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *