Ad

ޔުނާންގެ މައްޗަށް 9 ދައުވާއެއް، ރިހުލާގެ މައްޗަށް 5 ދައުވާއެއް ކޮށްފި

މި ހުރިހާ ދައުވާއެއް ޔުނާންގެ މައްޗަށް ސާބިތުވެއްޖެނަމަ މި ދެމަފިރިންނަށް އުމުރުދުވަހުގެ ޖަލު ހުކުމެއް އަންނާނެ

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލަގާއި ހައްޔަރު ކުރި ފިލްމީތަރި މުހައްމަދު ޔުނާން އާއި އޭނާގެ އަނބިމީހާ ފާތިމަތު ރިހުލާގެ މައްޗަށް ދައުވާ ކުރަން ކޯޓަށް ހުށަހަޅައިފިއެވެ.

ޕީޖީ އޮފީހުން ވިދާޅުވީ ގދ. ހޯނޑެއްދޫ، އަލަމާގެ، މުޙައްމަދު ޔުނާންއާއި، ކ. މާލެ، މ. ނަރުގިސްމާގެއާގެ، ފާޠިމަތު ރިހުލާ، 2019 ވަނައަހަރާއި 2020 ވަނަ އަހަރުގެ ތެރޭގައި އެކި ދުވަސްމަތިން ޢުމުރުން 18 އަހަރު ނުފުރޭ ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލާގައި، މުޙައްމަދު ޔުނާންގެ މައްޗަށް 9 ދަޢުވާ، ފާޠިމަތު ރިހްލާގެ މައްޗަށް 5 ދަޢުވާ ކުރުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް މިއަދު ހުށަހަޅައިފައިވާކަމަށެވެ. ޕީޖީ އޮފީހުން ވިދާޅުވީ، މި ހުރިހާ ދަޢުވާއެއްވެސް އުފުލާފައިމިވަނީ ފުރިހަމަ ހެތްކާއެކުގައި ކަމަށެވެ.

ޔުނާންގެ މައްޗަށް ކުރާ ދައުވާއަކީ ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު ޖިންސީ އަމަލެއް ބަޔަކު ހިންގާ މަންޒަރު އެ ކުއްޖާއަަށް ދެއްކުމުގެ 2 ދައުވާއަކާއި، އެ ކުއްޖާ ލައްޖާ ލައްވާ ޖިންސީ އަމަލެއް ހިންގުވުމުގެ 2 ދައުވާއަކާއި، އާއިލާގެ މެންބަރަކު އެ އާއިލާ ކުޑަކުއްޖަަކާއެކު ޖިންސީ އަލަމެއް ހިންގުމާއި، އެ ކުއްޖާއަށް ދެއްކުމުގެ މަގްސަދުގައި ޖިންސީ އަމަލެއް ހިންގުމުގެ 2 ދައުވާ އަކާއި، އޮރިޔާންކާޑު ގެންގުޅުމާއި، އޮރިޔާން ކަޑު އުފެއްދުމުގެ ދައުވާ އެވެ.

ރިހުލާގެ މައްޗަށް ކުރާ 5 ދައުވާއަކީ ކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު އެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމާއި، އެ ކުއްޖާގެ ހާޒިރުގައި އެ ކުއްޖާއަށް ދެއްކުމުގެ މަޤްސަދުގައި ޖިންސީ އަމަލެއް ހިންގުމުގެ 2 ދައުވާއަކާއި، އޮރިޔާންކާޑު ގެންގުޅުމާއި، އޮރިޔާން ކަޑު އުފެއްދުމުގެ ދައުވާ އެވެ.

މި ހުރިހާ ދައުވާއެއް ޔުނާންގެ މައްޗަށް ސާބިތުވެއްޖެނަމަ މި ދެމަފިރިންނަށް އުމުރުދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *