ރަވާތިބު ސުންނަތްތަކުގެ ތެރެއިން އިހުސުންނަތް ކުރާނީ ބަންގީގެ ކުރިންތޯ ނުވަތަ ބަންގީގެ ފަހުންތޯ؟

ސުވާލު: ރަވާތިބު ސުންނަތްތަކުގެ ތެރެއިން އިހުސުންނަތް ކުރާނީ ބަންގީގެ ކުރިންތޯ ނުވަތަ ބަންގީގެ ފަހުންތޯ؟

ޖަވާބު: الحمد لله والصّلاة والسّلام على رسول الله.

ރަވާތިބު ސުންނަތްތަކުގެ ތެރެއިން އިހުސުންނަތްވެސް އަދި ފަރްޟު ނަމާދުތައްވެސް އަދި ފަހު ސުންނަތްތައްވެސް މި ހުރިހާ ނަމާދުތައް ކުރާނީ ނަމާދުގެ ވަގުތު ވަނުމަށްފަހުގައެވެ. (ބަންގި ގޮވުމަށްފަހުގައެވެ.) ނަމާދު ވަގުތު ވަނުމުގެ ކުރިން އިހުސުންނަތް ކޮށްފިނަމަ އެ އިހުސުންނަތް ޞައްޙައެއް ނުވާނެއެވެ. ފަރްޟު ފަސްނަމާދަކީ އޭގެ ފެށުމާއި ނިމުމަށް ވަޤުތު ކަނޑައެޅި ﷲ ގެ ޙަޟްރަތުން އެ ވަޤުތުތައް ބަޔާންވެފައިވާ ކަމެކެވެ. ﷲ ތައާލާ ވަޙީކުރައްވާފައިވެއެވެ.

( إِنَّ الصَّلاَةَ كَانَتْ عَلَى الْمُؤْمِنِينَ كِتَابًا مَّوْقُوتًا) النساء /103

މާނައީ: “ހަމަކަށަވަރުން ނަމާދަކީ މުއުމިނު އަޅުތަކުންގެ މައްޗަށް ވަޤުތު ކަނޑައެޅިގެންވާ ފަރުޟެއްކަމުގައި ވިޔެވެ.”

والله أعلم

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *