އަހަރު ދެބައިވިއިރު މަސް އެކްޕޯޓް ކޮށްގެން ލިބުނު އާމްދަނީ %43 އިތުރުވެއްޖެ

އަހަރު ދެބައިވިއިރު މަސް އެކްސްޕޯޓް ކޮށްގެން ލިބުނު އާމްދަނީ 43 އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން އާންމުކޮށްފައިވާ ޖޫން މަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެމްއެމްއޭގެ ހިސާބުތަކުން ދައްކާގޮތުން ރާއްޖެއިން އެކްސްޕޯޓް ކުރާ މުދަލުގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ މަހާއި މަހުގެ އުފެއްދުންތަކެވެ. އެގޮތުން ވޭތިވެދިޔަ 6 މަސްތެރޭގައި ރާއްޖެއިން އެކްސްޕޯޓްކޮށްފައިވާ މަހާއި މަހުގެ އުފެއްދުންތަކުން 74 މިލިޔަން ޑޮލަރުގެ އާމްދަނީއެއް ރާއްޖެއަށް ލިބިފައި ވެއެވެ. މިދިޔަ އަހަރު ޖޫން މަހުގެ ނިޔަލަށް މަހާއި މަހުގެ އުފެއްދުންތައް އެކސްޕޯޓް ކޮށްގެން ލިބިފައިވަނީ 52 މިލިޔަން ޑޮލަރެވެ. އެހެންކަމުން މިއަހަރު މަހާއި މަހުގެ އުފެއްދުންތައް އެކްސްޕޯޓް ކޮސްގެން ލިބުނު އާމްދަނީ 43 އިންސައްތަ ވަނީ އިތުރު ވެފައެވެ.

އެމެއެމްއޭގެ ހިސާބުތަކުންދައްކާ ގޮތުން ވޭތިވެދިޔަ 6 މަސްތެރޭގައި ރާއްޖެއިން ވަނީ  44,877.7 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓް ކޮށްފަ އެވެ. މިދިޔަ އަހަރު މިމުއްދަތުގައި އެކްސްޕޯޓުކޮށްފައިވަނީ 26,850.8 މެޓްރިކް ޓަނެވެ. އެހެންކަމުން މިއަހަރު ރާއްޖެއިން މަސް އެކްސްޕޯޓް ކުރި މިންވަރު  67 އިންސައްތަ ވަނީ އިތުރު ވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *