ބާޒާރުން ފިޔާ ލިބުން ދަތިވެފައި ވަނިކޮށް އެސްޓީއޯއިން ފިޔާ ޝިޕްމަންޓެއް ގެނެސް ކިލޯއެއް 15 ރުފިޔާ އަށް ވިއްކަން ފަށައިފި އެވެ.
ހުޅަނގު މޫސުމުގެ ގަދައާއި ވިއްސާރައިގެ ސަބަބުން އިންޑިއާއިން ފިޔާ އެތެރެކުރާ ބޯޓް ތަކުގެ ދަތުރު ކުރުމުގައްޔާއި އެމްޕީއެލް އިން ޕެރިޝެބަލް މުދާ ކުލިއާރ ކުރުމުގައި ދިމާވި ތާށިކަމާ ގުޅިގެން ބާޒާރުން ފިޔާ ހުސްވުމާ ގުޅިގެން އެސްޓީއޯއިން މިހާރުވަނީ ފިޔާ ގެނެސް ބާޒާރަށް ނެރެފައެވެ.
އެގޮތުން އެ ކުންފުނިން ގެނައި ފިޔާ އެސްޓީއޯ ޕީޕަލްސް ޗޮއިސް އާއި އެސްޓީއޯ ހޯލްސޭލް ސެންޓަރުން މިހާރު ވިއްކަން ފަށާފައިވާއިރު ރީޓެއިލް ކޮސް ކިލޯއެއް ވިއްކަމުން ދަނީ 15 ރުފިޔާ އަށެވެ.