Ad
ޗައިނާގެ ޝަންހާއީގައި ހުންނަ އިލެކްޓްރިކް ކާރު އުފައްދާ ބޮޑު ފެކްޓަރީ: ފޮޓޯ ރޮއިޓާސް
ޗައިނާގެ ޝަންހާއީގައި ހުންނަ އިލެކްޓްރިކް ކާރު އުފައްދާ ބޮޑު ފެކްޓަރީ: ފޮޓޯ ރޮއިޓާސް

ޗައިނާގެ ޓެސްލާ ކުންފުނިން ތިމާވެއްޓާ ރައްޓެހި 7000 ކާރު ޔޫރަޕަށް ބޭރުކުރަނީ

ޗައިނާގެ ޝަންހާއީގެ އިލެކްޓްރޯނިކް ކާރު އުފައްދާ ތެސްލާ ކުންފުނިން 7000 ކާރު ޔޫރަޕަށް ބޭރުކުރަން ތައްޔާރުވެއްޖެއެވެ.

ސީއެންބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ކާރުތަކަކީ ބެލްޖިއަމް މަގުން، ޖާމަނީ އާއި ފްރާންސް، އިޓަލީ، ނެދަލޭންޑްސް، ޕޯޗުގަލް، ސްވިޒަލޭންޑް އަދި ސްވިޑްން އަށް ފޮނުވާ ޝިޕްމަންޓެކެވެ. އެ ޝިޕްމަންޓް އަންނަ މަހުގެ ނިޔަލަށް ޔޫރަޕަށްދާނެއެވެ. ޗައިނާގެ އިލެކްޓްރިކް ކާރު އުފައްދާ އެންމެ ބޮޑު އެއް ފެކްޓަރީ ކަމަށްވާ ޓެސްލާއިން މިހާރު އަހަރަކު 250،000 ކާރު އުފެއްދެއެވެ.  ޓެސްލާއިން އަންދާޒާކުރާ ގޮތުގައި މިހާރު ޝިޕްކުރާ 7000 ކާރުގެ ހާލަތަށް ބަލާފައި، ޔޫރަޕުން ލިބޭ އޯޑަރު އިތުރުވެގެންދާނެ ކަމަށެވެ.

ޗައިނާ ސަރުކާރުން ބުނެފައިވާ ގޮތުގައި ޓެސްލާގެ ބައެއް މޮޑެލްތަކުގެ މައްސަލަބޮޑުކަމުން އެއެއްޗެހި ވިއްކުން މަނާކުރިއެވެ. އެހެންވެ ޓެސްލާއިން ވަނީ ޔޫޕަރަށް އަމާޒުކޮށް، އުފެއްދުންތަކުގެ ފެންވަރު ރަނގަޅުކޮށްފައި ކަމަށް ހަބަރުތައް ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *