މިދިޔަ ޖުލައި މަހު މަހު ދައުލަތަށް ލިބޭނެކަމަށް އަންދާޒާ ކުރި ވަރަށްވުރެ ލިބުނު އާމްދަނީ 12.8 އިންސައްތަ އިތުރު ވެއްޖެ އެވެ.
އެގޮތުން މި ދިޔަ ޖުލައި މަހު މީރާއަށް ވަނީ ލ 3.39 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ބަލައިގެންފައިވާ ބަލައިގެންފައެވެ. 2024 ވަނަ އަހަރުގެ ޖުލައި މަހު މީރާއަށް ބަލައިގެންފައިވަނީ 2.9 ބިލިއަން ރުފިއާ އެވެ.
މީރާއިން ބުނެފައިވަނީ މިދިޔަ ޖުލައި އެ އޮތޯރިޓީއަށް ބަލައިގެންފައިވާ އަމްދަނީ އަކީ އެ އޮތޯރިޓީއަށް ޖުލައި މަހު ލިބޭނެކަމަށް އަންދާޒާ ކޮށްފައިވާ އާމްދަނީއަށްވުރެ 12.8 އިންސައްތަ އިތުރު އަދަދެއް ކަމަށާއި އަދި މިދިޔަ އަހަރުގެ ޖުލައި މަހު ލ؛ިބިފައިވާ އާމްދަނީ އާއި އަޅާބަލާއިރު 15.4 އިންސައްތަ އިތުރު އަދަދެއް ކަމަށެވެ.
މިދިޔަ އަހަރުގެ ޖުލައި މަހު ލިބުނު އާމްދަނީއާ އަޅައިބަލާއިރު މި އަހަރުގެ ޖުލައި މަހު ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ އާއި ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމާއި، މި އަހަރުގެ ޖަނަވަރީ އެކަކުން ފެށިގެން ގްރީން ޓެކުހުގެ ރޭޓު ބޮޑުވުމާއި މިދިޔަ ޑިސެމްބަރުން ފެށިގެން އެއާޕޯޓް ޓެކުހާއި ފީގެ އާމްދަނީ އިތުރުވުމަކީ ވެސް މިދިޔަ މަހު ޖުމުލަ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބުތައް ކަމަށް މީރާއިން ބުނެއެވެ.
މިދިޔަ ޖުލައި މަހު މީރާއަށް ޖީއެސްޓީ ގެ ގޮތުގައި 1,072,293,004 ރުފިޔާ ބަލައިގެންފައިވާއިރު ގްރީން ޓެކުހުގެ ގޮތުގައި 159,675,943 ރުފިޔާ ވަނީ ބަލައިގެންފައެވެ.
މީގެ އިތުރުން އާމްދަނީއިން ނަގާ ޓެކުހުގެ ގޮތުގައި 1,656,399,934 ރުފިޔާ އާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ (އޭޑީސީ) ގެ ގޮތުގައި 149,468,280 މިލިއަން ރުފިޔާ، ޑިޕާޗާ ޓެކުހުގެ ގޮތުގައި 139,899,002 ރުފިޔާ އަދި ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި 42,160,577 ރުފިޔާ ބަލައިގެންފައިވެއެވެ.