ބިއޮންޑް އެއާލައިނަށް އާ ޓާމިނަލުން ޙިދުމަތްދޭން ފަށައިފި

ބިއޮންޑް އެއާލައިން އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލުން ޙިދުމަތް ދޭން މިއަދު ފަށައިފި އެވެ.

ރާއްޖޭގެ ސިމްޑީ ގުރޫޕާއި އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރުން އުފައްދާފައިވާ އިންވެސްޓްމަންޓް ކުންފުނި، އަރަބެކްސް ގުޅިގެން އުފައްދާފައިވާ ލަގްޒަރީ އެއާލައިން ބިއޮންޑް އެއާލައިން އަށް އާޓާމިނަލް އިން ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ބިއޮންޑްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، ބިއޮންޑް އިން ފުރި 43 ފަސިންޖަރުންނަށް ހަދިޔާ ދީފައިވެއެވެ.

މީގެ އިތުރުން ޓާމިނަލް 1 އަށް ކައިރި ކުރި ބިއޮންޑްގެ ފުރަތަމަ މަތިންދާބޯޓު، ބީ4091 އަށް ހާއްސަ ވޯޓާ ސެލިއުޓެއް އަރުވައި، އެ ފްލައިޓުން ރާއްޖެ އައި 35 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔާފައެވެ.

މިހާތަނަށް އާ ޓާމިނަލުން ޙިދުމަތް ދޭން ފަށާފައިވަނީ  މޯލްޑިވިއަން އަދި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ލޯ-ކޯސްޓް އެއާލައިން އާއި އެއާ އަރަބިއާ ގެ އިތުރުން ބިއޮންޑް އެއާލައިން އަށެވެ.

އެމްއޭސީއެލް އިން މިއަދު ބުނީ މިމަހުގެ ތެރޭގައި އިތުރު ހަތަރު އެއާލައިނެއް އާ ޓާމިނަލަށް ބަދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *