ހދ ނެއްލައިދު އާއި އެއަތޮޅު ނައިވާދޫގައިި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ޚިދުމަތް ފަށައިފިއެވެ.
ހދ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ރައީސް ޑރ މުއިއްޒު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ނެއްލާދުއާއި ނައިވާދުއަށް މިއަދު ވަޑައިގެން ބޭއްވި ރައްސްމިއްޔާތުގައި އެ 2 ރަށުގެ އޭޓީއެމް ގެ ޙިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލް ޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު އެވެ.

ރައީސް ޑރ މުއިއްޒުގެ މި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅުގައި އޭޓީއެމްގެ ޙިދުމަތް ގާއިމްވެފައި ނެތް 10 ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށް، މުޅި އަތޮޅަށް އޭޓީއެމްގެ ޚިދުމަތް ފުޅާކުރުމަށްވަނީ ހަމަޖެހިފައެވެ.
ނެއްލައިދު އާއި ނައިވާދޫގެ އޭޓީއެމް ޚިދުމަތް ފަށްޓަވައިދެއްވުމަށްފަހު ރައީސް ޑރ މުއިއްޒު ވަނީ ހާއްސަ ހަނދާނީ އެ 2 ރަށުގެ ކައުންސިލާ ޙަވާލުކޮށްފައެވެ.