Barber shop equipments. Hairdressing tool kit. Hairdresser tool set. Barber pole, razor blade, hair clipper, scissors, comb, dryer, spray bottle. Isolated on black background
Barber shop equipments. Hairdressing tool kit. Hairdresser tool set. Barber pole, razor blade, hair clipper, scissors, comb, dryer, spray bottle. Isolated on black background

ހަށިގަނޑުގައި ހުންނަ އިސްތަށީގެ ޙުކުމް

އިސްތަށި ބެހެއްޓުމާއި ހަށިގަނޑުން އިސްތަށި ނައްތާލުމުގެ ގޮތުން ބަލާއިރު، އިސްލާމީ ޝަރީޢަތުގައި އިސްތަށީގެ ޙުކުމް ތިންބަޔަކަށް ބެހިގެންވެއެވެ.

1 – ބޭލުމަށް ނުވަތަ ނައްތާލުމަށް ނުވަތަ ކުރުކުރުމަށް އަމުރުކުރައްވާފައިވާ އިސްތަށި : އޭގެ މިސާލަކީ ކިހިލި ފަތުގެ ނުވަތަ ލަދުވެތި ގުނަވަންތަކުގެ އިސްތަށި. މިކަންކަމަށް ފިޠުރަތުގެ ސުންނަތްތަކޭ ކިޔެއެވެ. އަދި މީގެ ތެރޭގައި ޙައްޖު ނުވަތަ ޢުމުރާގައި ބޯ ބޭލުމާއި ބޯ ކުރުކޮށް ކޮށުންވެސް ހިމެނެއެވެ. އޭގެ ދަލީލަކީ ޢާއިޝާ ރަޟިޔަﷲ ޢަންހާގެ މި ޙަދީޘެވެ. ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

((عَشْرٌ مِنَ الفِطْرَةِ : قَصُّ الشَّارِبِ ، وَإِعْفَاءُ اللِّحْيةِ ، وَالسِّوَاكُ ، وَاسْتِنْشَاقُ الماءِ ، وَقَصُّ الأَظَفِارِ ، وَغَسْلُ الَبَراجِمِ ، وَنَتْفُ الإِبْطِ ، وَحَلْقُ العَانَةِ ، وانْتِقَاصُ الماءِ . قال زكريَّاءُ : قال مُصْعَبٌ : َونَسِيْتُ العَاشِرَةَ . إلَّا أَنْ تَكُونَ المَضْمَضَةَ . زَادَ قُتَيْبَةُ : قاَلَ وَكِيْعٌ : انْتِقَاصُ الماءِ يَعْنِي الِاسْتِنْجَاءَ .)) [رواه مسلم برقم 261] މާނައީ: “ފިޠުރަތުގެ ތެރެއިން ދިހަކަމެއްވެއެވެ. މަތިމަސް ކޮށުމާއި ތުނބުޅި ދޫކޮށްލުމާއި، ދަތް އުނގުޅުމާއި، ނޭފަތްދޮވުމާއި، ނިޔަފަތިކޮށުމާއި، އަތުގެ ހުޅުތައް ދޮވުމާއި، ކިހިލިފަތްދަށުގައި ހުންނަ އިސްތަށިތައް އުފުރުމާއި، ލަދުވެތި ގުނަވަނުގެ ވަށައިގެން ހުންނަ އިސްތަށިތައް ބޭލުމާއި، انْتِقَاصُ الماءِ ފެންމަދުކުރުމެވެ. (އެބަހީ އިސްތިންޖާކުރުމެވެ) ޒަކަރިއްޔާ ވިދާޅުވިއެވެ. މުސްޢަބު ވިދާޅުވިއެވެ. ދިހަވަނަ ކަންތައް ތިމަންނާ ހަނދާންނެތުނީއެވެ. ތިމަންނާއަށް ހީވާގޮތުގައި އެއީ އަނގަދޮވުމެވެ. ޤުތައިބާ ވިދާޅުވިއެވެ. ވަކީޢު ވިދާޅުވިއެވެ. انْتِقَاصُ الماءِ ފެންމަދުކުރުމޭ ބުނެވޭ ބަހުގެ މާނައަކީ އިސްތިންޖާކުރުމެވެ.”

2- ބޭލުން ނަހީ ކުރައްވާފައިވާ އިސްތަށި. އޭގެ މިސާލަކީ ތުނބުޅި އަދި ބުމައިގެ އިސްތަށި. މިކަމުގެ ދަލީލަކީ އަންނަނިވި ޙަދީޘެވެ.

لَعَنَ اللَّهُ الْوَاشِمَاتِ، وَالْمُسْتَوْشِمَاتِ، وَالْمُتَنَمِّصَاتِ وَالْمُتَفَلِّجَاتِ لِلْحُسْنِ، الْمُغَيِّرَاتِ خَلْقَ اللَّهِ -رواه البخاري ( 5931 ) ومسلم ( 2125 ) .

މާނައީ: “ޓެޓޫ ޖަހައިދޭ އަންހެނުންނާއި (ހަށިގަނޑުގައި) ޓެޓޫ ޖަހާ އަންހެނުންނާއި ބުމަ އުފުރާ އަންހެނުންނާ އަދި ރީތިކަންދެއްކުމަށްޓަކައި ދަތްތަކުގެ ދެމެދުގައިވާ ހުސްތަންފުރައި، ﷲ ގެ ޚަލްޤު ބަދަލުކުރާ އަންހެނުންނަށް ﷲ ލަޢުނަތް ލެއްވިއެވެ.”

އަދި އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވާ ޙަދީޘެއްގައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ((خَالِفُوْا الْمُشْرِكِيْنَ: وَفِّرُوْا اللِّحَى وَأَحْفُوْا الشَّوَارِبَ)) [متّفق عليه رواه البخاري برقم (5892)، ومسلم برقم (258). واللفظ للبخاري.] މާނައީ:” ތިޔަބައިމީހުން މުޝްރިކުންނާ ޚިލާފުވާށެވެ. ތިޔަބައިމީހުންގެ ތުނބުޅިތައް ދިގުކުރާށެވެ. އަދި މަތިމަސްތައް ތުނިކުރާށެވެ.”

3 . ބޭލުމަށްވެސް ބެހެއްޓުމަށްވެސް އަންގަވާފައިނުވާ އިސްތަށި : އޭގެ މިސާލަކީ އަތްފައި މޭމަތީގައި ފަޅާ އިސްތަށި.

މިފަދަ އިސްތަށީގެ ޙުކުމާމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވެއެވެ. ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުން މިފަދަ އިސްތަށި ބޭލުން ހުއްދައެއް ނުވާނެއެވެ. އަނެއްބައި ޢިލްމުވެރިން ވިދާޅުވާގޮތުގައި މިފަދަ އިސްތަށި ބޭލުންވެސް އަދި ބެހެއްޓުންވެސް ހުއްދައެވެ. މި މައްސަލާގައި ރާޖިޙު (އެންމެ ޞައްޙަ) ބަސްފުޅެއްކަމުގައި ބެލެވެނީ މި ބަސްފުޅެވެ.

ސަޢުދީ ފަތަވާ ކޮމެޓީގެ ފަތުވާގައި ވެއެވެ.

“އަންހެނާ، އޭނާގެ މަތިމަހުގެ އިސްތަށްޓާއި، ފަލަމަސްގަނޑު އަދި ދެފައިގެ އިސްތަށި، އަދި އަތުގެ އިސްތަށި ބޭލުމަކީ މައްސަލައެއް ނޫނެވެ. އެހެނީ އެހީ ނަހީވެފައިވާ التنمص ގެ ތެރޭގައި ހިމެނޭ ކަމެއް ނޫނެވެ.” فتاوى اللجنة الدائمة ( 5 / 194 ، 195 ) .

ސަޢުދީ ފަތުވާ ކޮމެޓީއާ ސުވާލު ކުރެވުނެވެ.

ދެބުމަ ދެމެދުގައި ހުންނަ އިސްތަށި އުފުރުމުގެ ޙުކުމަކީ ކޮބައިތޯއެވެ؟

ޖަވާބުގައި ވިދާޅުވިއެވެ. “އެއީ ހުއްދަ ކަމެކެވެ. ސަބަބަކީ އެއީ ބުމައިގެ އިސްތަށީގެ ތެރެއިން ވާ އެއްޗެއް ނޫނެވެ.” فتاوى اللجنة الدائمة ( 5 / 197 ) .

 

މަރްޖިޢު

https://islamqa.info/ar/answers/9037

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *